ކ. މާލެ
|
22 ޖޫން 2022 | ބުދަ 19:31
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން
ރާއްޖެ އެމްވީ
ރައްޒާގުބެ މެމޯރިއަލް ކަޕް 2022
އެކްސިޓޯއިން ހަޓް އެފްސީ ކޮޅަށް 6 ލަނޑު ޖަހައިފި
 
އެކްސިޓޯ މޮޅުވީ 6-0ން

ރައްޒާގުގެ މެމޯރިއަލް ކަޕްގައި ހަޓް އެފްސީ ކޮޅަށް ހަ ލަނޑު ޖަހައި، އެކްސިޓޯއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

މުބާރާތުގައި މިއަދު ކުޅުނު މެޗަށް ނިކުތްއިރު ހަޓް އެފްސީ ވަނީ ކުޅުނު ފުރަތަމަ މެޗުން ވެސް ބަލިވެފައެވެ. އެހެންކަމުން މި މެޗަކީ އެ ޓީމަށް ވަރަށް މުހިންމު މެޗެކެވެ. މެޗުގައި އެކްސިޓޯއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެކްސިޓޯއިން މެޗު ކާމިޔާބުކުރީ 6-0ންނެވެ.

އެކްސިޓޯގެ އިޝްއާފް މުހައްމަދާއި އާލިމް އަބްދުލް ގައްޔޫމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ ބާކީ ދެ ލަނޑު ޖެހީ އުމެއިޝް އަބްދުލް ގައްޔޫމާއި އިމްހާދު އަބްދުލް ގައްޔޫމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެކްސިޓޯއަށް ދެ ލަނޑު ޖަހައިދިން އާލިމް އަަބްދުލް ގައްޔޫމެވެ.

މުބާރާތުގައި ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކްސިޓޯ އޮތީ ތާވަލްގެ އެއްވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ސިކްސް އެކްސްއަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް އެކްސިޓޯއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ހަތަރުވަނަ މަގާމުގައި އޮތް އޯލް އެޓޭކަށް އެއް ޕޮއިންޓު ލިބޭއިރު، ފަސްވަނަ މަގާމުގައި އޮތް ޗެލެންޖަރސްއަށް ވެސް ލިބެނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ހަޓް އެފްސީއެވެ.

މުބާރާތުގައި މާދަމާ ސިކްސް އެކްސް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލެންޖަރސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
0%
50%
ކޮމެންޓް