ކ. މާލެ
|
14 މެއި 2023 | އާދީއްތަ 08:18
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ސެމީ ފައިނަލް މެޗުގެ ތެރެއިން
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ސެމީ ފައިނަލް މެޗުގެ ތެރެއިން
ރާއްޖެ އެމްވީ
ރައްޒާގުބެ މެމޯރިއަލް ކަޕް
ފައިނަލްގައި ޗެލެންޖާސް އަދި އޯލް އެޓޭކުގެ ކުރިމަތިލުމެއް
މުބާރާތުގެ ފައިނަލްގައި ޗެލެންޖާސް އާއި އޯލް އެޓޭކް ބައްދަލު ކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރު

ކ.ގުރައިދޫގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ރައްޒާގުބެ މެމޯރިއަލް ކަޕްގެ ފައިނަލްގައި ޗެލެންޖާސް އާއި އޯލް އެޓޭކު ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޖުމްލަ ހަތް ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލު ކުރީ އެންމެ ފަހުގެ ޗެމްޕިއަން އެކްސިޓޯ އާއި ޗެލެންޖާސް އެވެ. އެ މެޗުގައި 3-1 އިން އެކްސިޓޯ ބަލިކޮށް، ޗެލެންޖާސް އިން ވަނީ ފައިނަލްގެ ފުރަތަަމަ ޖާގަ ހޯދައިފަ އެވެ. މެޗުގައި ޗެލެންޖާސްގެ ލަނޑުތައް ޖެހީ އަޙުމަދު ޝަމާލު އަދި އަޙުމަދު ނައުޝަދު އެވެ. މީގެ ތެރެއިން ޝަމާލު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެކްސިޓޯގެ ހަމައެކަނި ލަނޑު ޖެހީ އާއިމް ޢަބްދުލް ޤައްޔޫމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޗެލެންޖާސްގެ ދެ ލަނޑު ޖެހި ޝަމާލު އެވެ. އެކްސިޓޯ އިން 2022 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޗެލެންޖާސް ބަލިކޮށްގެންނެވެ.

މުބާރާތުގެ ދެ ވަނަ ސެމީގައި ބައްދަލު ކުރީ އޯލް އެޓޭކު އަދި ކަންމަތި އެފްސީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އޯލް އެޓޭކުގެ ހަތަރު ޕެނަލްޓީގެ ތެރެއިން އެ ޓީމު ވަނީ ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެއީ އަސްލާން އަލީ، މުޙައްމަދު ރިފްޝާން އަދި އަޙުމަދު ހާފިޒްގެ ޕެނަލްޓީ އެވެ. އެ ޓީމުން ނާކާމިޔާބުވީ އަޙުމަދު ޝުއޫންގެ ޕެނަލްޓީ އެވެ. ކަންމަތި އެފްސީ އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެއީ ޙަސަން ޝަރަފް އަދި މުޙައްމަދު ރައުފްގެ ޕެނަލްޓީ އެވެ. އެ ޓީމުން ނާކާމިޔާބުވީ ޙުސެއިން ޝަފްރާހް އަދި އަޙުމަދު ރިފްޝާންގެ ޕެނަލްޓީ އެވެ.

މުބާރާތުގެ ފައިނަލްގައި ޗެލެންޖާސް އާއި އޯލް އެޓޭކް ބައްދަލު ކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރު އެވެ.

މި މުބާރާތަކީ އެރަށުގެ ފުޓުބޯޅަ ޗެލެޖެންޑު އަލްމަރުހޫމް އަބްދުއް ރައްޒާގު މޫސާގެ ހަނދާނުގައި 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ "ތުއްތޮންބެ ކަޕް"ގެ ނަމުގަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު މުބާރާތުގެ ނަން ވަނީ ރައްޒާގުބެ މެމޯރިއަލް ކަޕަށް ބަދަލުކޮށްފަ އެވެ.

- ކޮމެންޓް