ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 18:52
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން
ރައްޒާގުބެ މެމޯރިއަލް ކަޕް 2022
އޯލް އެޓޭކުން އެންމެ ފަހުގެ ޗެމްޕިއަން، ޗެލެންޖަރސް މޮޅުވިޔަނުދީ ހިފަހައްޓައިފި
 
މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި

ރައްޒާގުބެ މެމޯރިއަލް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލެންޖަރސްއާއި އޯލް އެޓޭކް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ނިމިއްޖެއެވެ.

ޗެލެންޖަރސްއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ޕޮއިންޓުގެ ގޮތުން އެންމެ ކުރި ލިބޭ ތިން ޓީމު ސެމީއަށް ދާގޮތަށެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. މެޗުން މޮޅުވާ ޓީމު ފައިނަލަށް ދާނެއެވެ. އަދި ބަލިވާ ޓީމު ޖެހޭނީ ދެވަނަ ސެމީގައި ތިންވަނަ ޓީމާއެކު ކުޅޭށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ ސެމީން މޮޅުވާ ޓީމަކަށެވެ.

މިއަދުގެ މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ހަމަލާތަކެއް އުފެއްދިއެވެ. ޖުމުލަކޮށް މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ އޯލް އެޓޭކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޯލް އެޓޭކްގެ އަހުމަދު ޝުއޫންނެވެ.

މުބާރާތުގައި މާދަމާ އޮންނަ މެޗުގައި އެކްސިޓޯ ނިކުންނީ ހަޓް އެފްސީއާ ދެކޮޅަށެވެ. ހަޓް އެފްސީ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް