ކ. މާލެ
|
15 އޭޕްރިލް 2022 | ހުކުރު 23:59
ގިނަ ބައިވެރިން ވޯޓް ދިނީ ރިޝްމީ އާއި ޝަބާ ޝޯވްއިން ބޭރުކުރަން
ގިނަ ބައިވެރިން ވޯޓް ދިނީ ރިޝްމީ އާއި ޝަބާ ޝޯވްއިން ބޭރުކުރަން
ރާއްޖެއެމްވީ
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް
"ރިޝްމީ އާއި ޝަބާ ޝޯވްއިން އެލިމިނޭޓްވެއްޖެ"
 
ރިޝްމީ އަކީ އޭނާގެ ތޮބިއްޔަތުގައި ވެސް ވަރަށް ބޮސީ މީހެއް ކަމަށް ރޯމަން ބުނި
 
ރޯމަން އާއި ގާތްވުމުން އޭނަ ބޭރުކުރަން ވޯޓް ނުދެވުނު ކަމަށް ރިޝްމީ ބުނި

ރާއްޖެޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯވް "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" ގެ ދެވަނަ ސީޒަންގެ ދެވަނަ އެޕިޝޯޑް މިވަނީ ދައްކާފައެވެ. މި އެޕިސޯޑްގައި ބައިވެރިންނަށް ޖުމްލަ ދެ ޗެލެންޖެއް ފުރިހަމަ ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އިމިއުނިޓީ ޗެލެންޖަކާއި އައިސް ޗެލެންޖެއް ފުރިހަމަ ކުރުމަށް ވަނީ ހަވާލުކޮށްފައެވެ.

އިމިއުނިޓީ ޗެލެންޖް އިންޑިވިޖުއަލް ޓާސްކެއްގެ ގޮތުގައި ކޮންމެ ބައިވެރިޔަކު ވެސް ފުރިހަމަ ކުރަން ޖެހެއެވެ. އެއީ ގޮހޮރު ޗެލެންޖްއެވެ. ގޮހޮރު ޗެލެންޖުގައި ކޮންޓެއިނަރު ތެރެއަށް ފައިބާ އެއްކުލައިގެ ބޯޅަތަކެއް ނަގަން ކޮންމެ ބައިވެރިޔަކަށް ވެސް ޖައްސައެވެ. އަދި އެއަށްފަހު ލޭޑީސް ފިންގަރ ޖޫސްތަށި އެއްކޮށް ހުސްކުރަން ޖެހޭއެވެ.

މި ޓާކްސް ފުރިހަމަކޮށްގެން ފުރަތަމަ ތިންވަނަ ދިޔައީ ޝަރަފް، ދޮނާ އަދި ސުހާއެވެ. ޓާސްކް އިން ފެއިލްވީ ރޯމަން، ނޫރް، ރިޝްމީ އަދި ފަރީލާއެވެ.

މި އެޕިސޯޑުގައި ޝޯވްއިން އެލިމިނޭޓް ކުރުމަށް ދެ މީހަކަށް ނަން ހުށަހަޅަން ކޮންމެ ބައިވެރިޔަކަށް ވެސް ފުރުސަތު ދިނެވެ. އެގޮތުން ގިނަ މީހުން ވޯޓް ދިނީ ރިޝްމީ އާއި ޝަބާ ޝޯވްއިން ބޭރު ކުރުމަށެވެ. ފުރަތަމަ އެޕިސޯޑުގައި ގިނަ މީހުން ފަރީލާ ބޭރުކުރުމަށް ވޯޓް ދިން ނަމަވެސް ދެވަނަ އެޕިސޯޑުގައި އެލިމިނޭޓް ނުވި މީހަކީ ފަރީލާއެވެ.

ޝަބާ އެހެން ކުދިންނާއި ގުޅިގެން ކަންތައްތައް ނުކުރާ ކަމަށް ސުހާ ބުންޏެވެ. އައިސް ޗެލެންޖްގައި ޝަބާ ރަނގަޅަށް ޕާފޯމްކޮށްފައިނުވާ ކަމަށް ވެސް ބައިވެރިޔަކު ވަނީ ބުނެފައެވެ. ރިޝްމީގެ ކޮއްކޮ އައްޒަ ވެސް ވޯޓް ދިނީ ރިޝްމީ އެލިމިނޭޓް ކުރުމަށެވެ. އެގޮތުން އައްޒަ ބުނީ މިކަމަކަށް ތައްޔާރު ނޫން ކަމަށާއި އެކަމަކު ފެއަރ ވާން ވެގެން ރިޝްމީގެ ނަން ބުނީ ކަމަށެވެ. ދެ ޓާސްކްގައި ވެސް ރިޝްމީ ޑިސްކޮލިފައިވި ކަމަށާއި ރިޝްމީއަށް އެއަށްވުރެން ރަނގަޅަށް ޕާފޯމް ކުރެވޭނެކަން އެނގޭ ކަމަށް ވެސް އައްޒަ ބުންޏެވެ. އަދި ގޭމަށް ވިސްނާފައި އެގޮތަށް ނިންމީ، ހިތާއި ދެކޮޅަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޝަރަފް ބުނީ ޝަބާ ބޭރު ކުރުމަށް ވޯޓް ދިނީ ފަރުވާ ކުޑަވުމުން ކަމަށާއި ރިޝްމީ ޓާސްކުތައް ވީކްކޮށް ކުރިއަށް ގެންދިޔުމުން އޭނަ ބޭރު ކުރަން ވޯޓް ދިނީ ކަމަށެވެ. ދޮނާ ވެސް ބުނީ ޝަބާއަށް ވޯޓް ނުލާނެ ވާހަކަ ކުރިން ބުނެފައިވާނެ ކަމަށެވެ.

ފަރީލާ ވޯޓް ދިނީ ރޯމަން އަދި ނޫރް ބޭރު ކަމަށެވެ. ރިޝްމީ ވޯޓް ދިނީ ނޫރު އަދި ޝަބާ ބޭރު ކުރުމަށެވެ. ރޯމަން އާއި ގާތްވުމުން އޭނާ ބޭރުކުރަން ވޯޓް ނުދެވުނު ކަމަށް ވެސް ރިޝްމީ ބުންޏެވެ.

ރިޝްމީ މިހެން ބުނެފައިވާއިރު ރޯމަން ވޯޓް ދިނީ ޝަބާ އަދި ރިޝްމީ ބޭރު ކުރުމަށެވެ. ރިޝްމީ އަކީ އޭނާގެ ތޮބިއްޔަތުގައި ވެސް ވަރަށް ބޮސީ މީހެއް ކަމަށް ރޯމަން ބުންޏެވެ. އަދި ޝަބާއަކީ ވަރަށް ޝަކުވާ ގިނަ މީހެއް ކަމަށް ބުންޏެވެ.

ގިނަ މީހުންގެ ވޯޓާއެކު މިހާރު ރިޝްމީ އަދި ޝަބާ ވަނީ ޝޯވްއިން އެލިމިނޭޓްވެފައެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވްއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވްއެވެ. މި ޝޯވްގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.

ޖުމުލަ 11 ފަންނާނުންނާއެކު ފެށި މި ރިއަލިޓީ ޝޯވްގައި އަދިވެސް އިތުރު ޓާސްކްތަކެއް ބައިވެރިވެރިން ފުރިހަމަ ކުރާނެއެވެ. މިހާރުވަނީ ޝޯވްގެ ތިންވަނަ އެޕިސޯޑުގެ ޓްރެއިލަރ ވެސް އާންމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
27%
14%
18%
27%
5%
9%
ކޮމެންޓް