ކ. މާލެ
|
23 އޭޕްރިލް 2022 | ހޮނިހިރު 14:24
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގެ 3 ވަނަ އެޕިސޯޑް
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގެ 3 ވަނަ އެޕިސޯޑް
ރާއްޖެއެމްވީ
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: 6 ބައިވެރިންގެ ވޯޓާއެކު، ސުހާ އެލިމިނޭޓްވެއްޖެ
 
މިހާރު ޝޯވގައި ބާކީ ތިބޭނީ 8 ބައިވެރިން
 
ފަރީލާ ވޯޓު ދީފައިވަނީ އައްޒަ ބޭރުކުރުމަށް
 
ސުހާ އެލިމިނޭޓްކުރުމަށް 6 ބައިވެރިން ވޯޓުދިން

ރާއްޖެޓީވީން ގެނެސްދޭ ރިއަލިޓީ ޝޯވ "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް"ގެ ދެވަނަ ސީޒަންގެ 3 ވަނަ އެޕިސޯޑް މިވަނީ ދައްކާފައެވެ. މި އެޕިސޯޑްގައި ބައިވެރިންނަށް ޖުމްލަ ދެ ޗެލެންޖެއް ފުރިހަމަ ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން "އެލޭ ޗެލެންޖް"އާއި، "ޗަކަސް ކިރުން ޗެލެންޖް" ފުރިހަމަ ކުރުމަށް ވަނީ ހަވާލުކޮށްފައެވެ.

އޭގެ ތެރެއިން އެލޭ ޗެލެންޖަކީ އިމިއުނިޓީ ޗެލެންޖަށްވުމާއެކު، އެ ޗެލެންޖު ކާމިޔާބުކުރި ރޯމަންއަށް ވަނީ ޝޯވގެ އިމިއުނިޓީ ލިބިފައެވެ. މާނައަކީ އޭނާއާ ދެކޮޅަށް ވޯޓެއް ނުދެވޭނެއެވެ. ވުމާއެކު، ރޯމަން ފިޔަވައި ބާކީ ތިބި 8 ބައިވެރިންނާ ދެކޮޅަށް ވަނީ ވޯޓު ނަގާފައެވެ.

އެ 8 ބައިވެރިންގެ ތެރެއިން ސުހާ އެލިމިނޭޓްކުރުމަށް 6 ބައިވެރިން ވޯޓު ދިނެވެ. އެއީ ދޮނާ، ރިޗަރޑް، ފުބޫ، އައްޒަ، ނޫރު އަދި ރޯމަންއެވެ.

އޭގެ އިތުރުން، ފަރީލާ ވޯޓު ދީފައިވަނީ އައްޒަ ބޭރު ކުރުމަށެވެ. އަދި އިފްނާޒް ވޯޓު ދީފައިވަނީ ދޮނާ ބޭރު ކުރުމަށެވެ.

ދޮނާ ބުނެފައިވާ ގޮތުގައި އޭނާ ސުހާ އެލިމިނޭޓްކުރަން ވޯޓު ދިނީ ޝޯވްގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާފައެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގެ 3 ވަނަ އެޕިސޯޑް - ރާއްޖެއެމްވީ

ރިޗަރޑްވެސް ވޯޓު ދީފައިވަނީ ސުހާ އެލިމިނޭޓް ކުރާށެވެ. އޭނާ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ އެންމެ ފެއަރ ގޮތަކީ އެއީކަމަށް ގަބޫލުކުރެވުމެވެ.

ފުބޫވެސް ވޯޓު ދީފައިވަނީ ސުހާ އެލިމިނޭޓްކުރުމަށެވެ. އޭނާ ސުހާ އެލިމިނޭޓްކުރަން ވޯޓު ދިނީ އޭނާއަކީ ކޮމްޕެޓިޝަނެއްކަމަށްވާތީއެވެ.

އައްޒަވެސް ވޯޓުދިނީ ސުހާ އެލިމިނޭޓް ކުރުމަށެވެ. އައްޒަ ބުނާގޮތުގައި އޭނާ އެލިމިނޭޓްކުރަން ވޯޓު ދިނީ ހީކުރި ގޮތާ ޚިލާފުވީމައެވެ. އެގޮތުން ބައެއް ހިތްހަމަނުޖެހުންތައްވެސް ހުރިކަމަށް އައްޒަ ބުނެއެވެ.

ނޫރުވެސް ވޯޓު ދީފައިވަނީ ސުހާ އެލިމިނޭޓްކުރުމަށެވެ. އޭނާ ބުނާ ގޮތުގައި ސުހާ އެލިމިނޭޓްކުރުން ނޫން ޗޮއިސްއެއް ނެތެވެ.

ރޯމަންވެސް ވޯޓު ދިނީ ސުހާ ބޭރުކުރުމަށެވެ. ސުހާއަކީ ގާތް މީހެއް ނަމަވެސް، އޭނާ ބޭރުކުރަން ވޯޓުދިނީ ސަބަބުތަކެއް އޮވެގެންކަމަށް ރޯމަން ބުނެއެވެ. ސުހާ އެލިމިނޭޓްވުމާއެކު، މިހާރު ޝޯވގައި ބާކީ ތިބޭނީ 8 ބައިވެރިންނެވެ.

"ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް"ގެ ދެވަނަ ސީޒަންގެ 2 ވަނަ އެޕިސޯޑުން އެލިމިނޭޓް ވެފައިވަނީ ރިޝްމީއާއި ޝަބާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
44%
11%
11%
33%
0%
ކޮމެންޓް