ކ. މާލެ
|
7 ޑިސެންބަރ 2021 | އަންގާރަ 14:55
ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަޔާ އާއި ދީނާ
ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަޔާ އާއި ދީނާ
އެމްޕީބީއޭ
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ފަޔާ އާއި ދީނާއަށް
 
ފަޔާ މޮޅުވީ ސާހިލް އަތުން 11-7 ފްރޭމުން
 
ދީނާ މޮޅުވީ އަޒްރާ އަތުން 7-4 ފްރޭމުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހުސައިން ފަަޔާޒު (ފަޔާ) ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދީނާ އަޙްމަދު ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކުރާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތެވެ. "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2021" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަ އިވެންޓެއް ކުރިއަށްދެއެވެ. އެއީ ޓީމު އިވެންޓާއި، ފިރިހެން ފުރަތަމަ ޑިވިޝަނާއި، ފިރިހެން ދެވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާއި، ޑަބަލްސް އިވެންޓުގެ އިތުރުން މިކްސް ޑަަބަލްސްއެވެ.

މި މުބާރާތުގެ ކުޅުން މި މަހުގެ އެއްވަނަ ދުވަހު ފެށިއިރު، ހޯމަ ދުވަހުގެރޭ ވަނީ ސިންގަލްސް ބައިގެ ތިން އިވެންޓުގެ ކުޅުން ނިންމާލާފައެވެ. އެގޮތުން ގައުމީ ރޭންކިންގެ އެންމެ ކުރީގައި އޮތް 32 ކުޅުންތެރިން ވާދަކުރި ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ފަޔާ ހޯދީ ހޯމަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި މުޙައްމަދު ސާހިލް ހަމީދު 11-7 ފްރޭމުން ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ވާދަކުރީ ދީނާ އާއި އާމިނަތު އަޒްރާއެވެ. މި މެޗު ދީނާ ކާމިޔާބުކޮށްފައިވަނީ 7-4 ފްރޭމުންނެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގެ ފައިނަލްގައި އަލީ ޝާވިން އާއި އައްބާސް ސައީދު ވާދަކުރިއިރު، މި މެޗު އައްބާސް ކާމިޔާބުކުރީ 11-7 ފްރޭމުންނެވެ. މި ތިން އިވެންޓުވެސް ކުރިއަށް ގެންގޮސްފައިވަނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ބިލިއާޑް ސެންޓަރުގައި މި މުބާރާތް ކުރިއަށްދާއިރު، ދެން މި މުބާރާތުގައި އޮންނާނީ ޓީމު އިވެންޓާއި، ޑަބަލްސް އިވެންޓުގެ އިތުރުން މިކްސް ޑަަބަލްސްއެވެ. މި މުބާރާތުގެ ޑަބަލްސް އިވެންޓް ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑަބަލްސް ޕެއާތައް އެއްކޮށް 10 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. އަދި މިކްސްޑް ޑަބަލްސް އިވެންޓް ކުރިއަށްގެންދަނީ މުބާރާތުގައި ބައިވެރިވި ހުރިހާ މިކްސް ޑަބަލްސް ޕެއާތައް އެއްކޮށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޓީމު އިވެންޓުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، ބީޖީ ސްޕޯޓްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތުގެ ގޮތުގައި މި މުބާރާތް ފާހަގަކޮށްލެވޭއިރު، ޖުމްލަ ހަ ކެޓަގެރީއަކުން އެތުލީޓުން ވާދަކުރާ މުމި ބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު 150،000 (އެއް ލައްކަ ފަންސާސް ހާސް) އަށްވުރެ މައްޗަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް