ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 08:46
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
ކޮވިޑް ވެކްސިން
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 12000ން މައްޗަށް
އަންގާރަ ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 947 މީހުން

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 12,193ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އަންގާރަ ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 947 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 625 މީހުންނާއި އަތޮޅުތަކުން 322 މީހުންނެވެ.

އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 46 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 33 މީހުންނާއި އަތޮޅުތަކުން 13 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 395،781ށް އަރާފައެވެ.

އަންގާރަ ދުވަހު ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައިވަނީ 256 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 166 މީހުންނާއި އަތޮޅުތަކުން 90 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ހަމަކުރި މީހުންގެ އަދަދު ވަނީ 364،082ށް އަރާފައެވެ.

ބޫސްޑަރ ޑޯޒް މިހާރު ޖަހައިދެމުންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ފައިޒަރ ވެކްސިނުން އެކަންޏެވެ. ފައިޒަރ ވެކްސިނުން ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ދަމަނަވެށިންނެވެ. އެޗްޕީއޭއިން ބުނީ މި ސެންޓަރުތަކަށް ބޫސްޓަރ ޑޯޒް ޖަހަން ދިއުމުގެ ކުރިން އެޕޮއިންޓްމެންޓް ހައްދަން ޖެހޭނެ ކަމަށެވެ.https://book.hpa.gov.mvއިން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ މެންދުރު 13:00އިން 15:00އަށެވެ. އައިޖީއެމްއެޗުން މި ޑޯޒް ޖަހައިދެނީ ހެނދުނު 10:00އިން މެންދުރު 14:00އަށެވެ. އަދި ދަމަނަވެށިން މި ޑޯޒް ޖަހައިދެމުންދަނީ މެންދުރު 13:00އިން 15:00އަށެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް، އެޕޮއިންޓްމެންޓާ ނުލައި އެހެނިހެން ވެކްސިންތައް ބައެއް ސެންޓަރުތަކުން ޖަހައިދެމުންދާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.  

- ކޮމެންޓް