ކ. މާލެ
|
12 ނޮވެންބަރ 2021 | ހުކުރު 07:23
ޓޯވ ކޮށްފައިވާ ވެހިކަލްތަކެއް
ޓޯވ ކޮށްފައިވާ ވެހިކަލްތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޓޯކުރާ ވެހިކަލްތައް
ވެރިފަރާތުން ހަވާލުނުވާ އުޅަނދު ނީލަމުގައި ވިއްކާލަނީ
 
ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދު ގެނެވޭތާ 60 ދުވަސް ފަހުން ހަވާލުވެފައިނުވާ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ބާޠިލުކުރެވޭނެ

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުފަހަރާ ވެރިފަރާތުން ހަވާލު ނުވާނަމަ، ނީލަމުގައި އެ އުޅަނދެއް ވިއްކާލެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ގަވާއިދެއް ހަދައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ވެރިފަރާތުން ހަވާލުނުވާ އުޅަނދާމެދު ޢަމަލުކުރާނެ އުސޫލެވެ. އެގޮތުން މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މަޢުލޫމާތު އާންމުކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ މުހުލަތެއް، އުޅަނދާ ހަވާލުވުމަށް، އުޅަނދުގެ ވެރިފަރާތަށް ދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި މި މުއްދަތުގައި ހަވާލުވެފައިނުވާ އުޅަނދު އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކާލުން ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.  

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދު ނީލަމުގައި ވިއްކައިލުމަށް ނުވަތަ ނައްތައިލުމަށް ކަނޑައަޅައިފައިވާ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން، ނީލަމުގައި ވިއްކައިލުމުގެ ކުރިން ނުވަތަ ނައްތައިލުމުގެ ކުރިން، ބާޠިލު ކުރަންވާނެއެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދު ގެނެވޭތާ 60 ދުވަސް ފަހުން ހަވާލުވެފައިނުވާ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ބާޠިލުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް ބުނެފައިވެއެވެ. އަދި އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ބާޠިލު ކުރުމަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ބާޠިލު ކުރުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން، ދިވެހި ފުލުހުންގެ ޚިދުމަތަށް އެކަން އަންގަންވާނެކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އުޅަނދު ނީލަމުގައި ވިއްކާލުމުގެ ކުރިން އިއުލާންކުރަންވާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން އެ އުޅަނދުތައް ނީލަމުގައި ވިއްކައިލުމުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓުގައި އާންމު ކުރަންވާނެކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
49%
23%
3%
14%
9%
3%
ކޮމެންޓް
12 ނޮވެންބަރ 2021 | ހުކުރު 18:33
ަޙާލަތު
ޓިލަފުއްޓަށް ގެންގޮސް ހަލާކުކޮށްލުމަށްވުރެ ތިޔަގޮތް މާރަނގަޅު ސަރުކާރަށް އިތުރު ޢާމްދަނީއެއްލިބި ކޮންމެވެސް މީހަކަށް ލުއިފަސޭހަކޮށް ސައިކަލެއް ގަނެވޭނެ ކަމަށް ޤަބޫލްކުރެވޭ.
12 ނޮވެންބަރ 2021 | ހުކުރު 09:11
އަހަންމަ
އަަހަރެންގެ ވެހިކަލް ޓޯވް ކުރުމަށްފަހު ވަނީ ނައްތާލާފައި.. އެކަމަކު އޭގެ ރަޖިސްޓަރީ ބާޠިލެއްނުކުރޭ.. އަދިވެސް އަހަރީފީ ދަނީ އަރަމުން.. ޙައްލަކީ ކޮބައިބާ؟؟؟؟
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް