ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 04:15
އަފްޣާނިސްތާނާއި ނިއު ޒީލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން
އަފްޣާނިސްތާނާއި ނިއު ޒީލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޓީ20 ވޯލްޑް ކަޕް
ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި
 
އަފްޣާނިސްތާން އަތުން މޮޅުވެ ނިއު ޒީލެންޑް މޮޅުވީ އަށް ވިކެޓުން
 
ތާވަލުގެ އެއްވަނައިގައި އޮތީ ސެމީގެ ޖާގައެއް ހޯދާފައިވާ ޕާކިސްތާން

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން އަފްޣާނިސްތާން އަތުން މޮޅުވެ ނިއު ޒީލެންޑުން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކުރުމާއެކު، މި މުބާރާތުން އިންޑިއާ ކަޓައިފިއެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން އަފްޣާނިސްތާން އަތުން މޮޅުވެ ނިއު ޒީލެންޑް މޮޅުވީ އަށް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އަފްޣާނިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 73 ލަނޑު ހެދި ނަޖީބުﷲ ޒަދްރާނެވެ. އަދި އެ ގައުމުގެ ކެޕްޓަން މުޙައްމަދު ނާބީއަށް 20 ބޯޅައިން ހެދުނީ 14 ލަނޑެވެ.

ޖަވާބުގައި ނިއު ޒީލެންޑް ކުޅެން އަރައި، 18.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 125 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 42 ބޯޅައިން 40 ލަނޑު ހެދި ކޭން ވިލިއަމްސަން އާއި ނުބައިނުވެ 32 ބޯޅައިން 36 ލަނޑު ހަމަކުރި ޑެވޮން ކޮންވޭއެވެ.

މި މެޗުން މޮޅުވެ ނިއު ޒީލެންޑުން ވަނީ އަށް ޕޮއިންޓް ހަމަކޮށް ގްރޫޕް ދޭއްގެ ދެވަނަ ކަށަވަރުކޮށްފައެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް އިންޑިއާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހޯމަ ދުވަހުގެރޭ ނެމިބިއާއާ ދެކޮޅަށް އެ ގައުމުން ނުކުންނާނެއެވެ.

އަދި ގްރޫޕް ދޭއްގެ އެއްވަނައިގައި އޮތީ މީގެ ކުރިންވެސް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޕާކިސްތާނެއެވެ. އެ ގައުމުން ވަނީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން 72 ލަނޑުން ސްކޮޓްލެންޑް ބަލިކޮށްފައެވެ. އެއާއެކު މުބާރާތުގައި ކުޅުނު ފަސް މެޗުންވެސް ޕާކިސްތާން މޮޅުވިއިރު، އެ ގައުމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް