ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 11:17
ވެސްޓް އިންޑީޒް އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ވެސްޓް އިންޑީޒް އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޓީ20 ވޯލްޑް ކަޕް
ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް އޮސްޓްރޭލިއާ ސެމީއަށް
 
ވެސްޓް އިންޑީޒް އަތުން އޮސްޓްރޭލިއާ މޮޅުވީ އަށް ވިކެޓުން
 
އިންގްލެންޑުވެސް ވަނީ ސެމީފައިނަލުގެ ޖާގައެއް ޔަގީންކޮށްފައި

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް ސެމީފައިނަލުގެ ޖާގައެއް އޮސްޓްރޭލިއާއިން ހޯދައިފިއެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، ހޮނިހިރު ދުވަހު ކުޅުނު މެޗުން ވެސްޓް އިންޑީޒް އަތުން އޮސްޓްރޭލިއާ މޮޅުވީ އަށް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ވެސްޓް އިންޑީޒް އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 44 ލަނޑު ހެދި ކިއެރޮން ޕޮލާޑާއި 26 ބޯޅައިން 29 ލަނޑު ހަމަކުރި އެވިން ލެވިސްއެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 16.2 ގެ އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 161 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 56 ބޯޅައިން 89 ލަނޑު ހެދި ޑޭވިޑް ވާނާ އާއި 32 ބޯޅައިން 53 ލަނޑު ހަމަކުރި މިޗެލް މާޝެވެ.

މި މެޗުން އޮސްޓްރޭލިއާ މޮޅުވިއިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިންގްލެންޑް ވަނީ ދެކުނު އެފްރިކާ އަތުން 10 ލަނޑުން ބަލިވެފައެވެ.

އެއާއެކުވެސް ގްރޫޕް އެއްވަނަ ލިބުނީ އިންގްލެންޑަށެވެ. އެގޮތުން ސެމީން ޖާގައެއް ކަށަވަރުކުރި އިންގްލެންޑާއި އޮސްޓްރޭލިއާގެ އިތުރުން ތިންވަނައިގައި އޮތް ދެކުނު އެފްރިކާއަށް ވަނީ އަށް ޕޮއިންޓް ލިބިފައެވެ. އެކަމަކު އިންގްލެންޑާއި އޮސްޓްރޭލިއާއަށް ކުރި ލިބުނީ ނެޓް ރަން ރޭޓްއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް