ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 21:56
ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ، ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން
ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ، ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ހިޔާ ސްކީމުގެ ދަށުން ފްލެޓް ދިނުން
ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ދެނީ
 
ހުސްވެފައިވާ ހިޔާ ސްކީމުގެ 145 ފްލެޓް ރިޒަރވް ލިސްޓުން، ތަރުތީބުން މާކްސް ދިނުމަށްވެސް ނިންމަވާފައިވޭ
 
ދާއިމީ ލިސްޓުގައި ހިމެނިފައިވާ 45 މީހުންނަށް ފްލެޓް ދިނުމަށް ނިންމާފައިވޭ

ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްދިނުމަށާއި، އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގޮތްތަކެއް ނިންމަވައިފިއެވެ.

ރައީސް މިކަންކަމަށް ގޮތްތަކެއް ނިންމަވާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު، އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް ތިބި 45 ފަރާތަކަށް ފްލެޓް ހަވާލުކުރުމާމެދު ގޮތެއް ނިންމެވުމަށެވެ.

ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި، ސިވިލްސަރވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް އަދަދު ކަނޑައަޅައިގެން ކުރިޔަށް ގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ، ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައިވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 ފަރާތައް ފްލެޓް ހަވާލުކުރުމަށެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ހުސްވެފައިވާ ހިޔާ ސްކީމުގެ 145 ފްލެޓް، ރިޒާވް ލިސްޓުން ތަރުތީބުން މާކްސް ދިނުމަށްވެސް ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް