ޓައިވާނުގެ މައްސަލައިގެ ތެރެއަށް އޮސްޓްރޭލިއާ ވަދެއްޖެނަމަ އޮސްޓްރޭލިޔާއަށް ހަމަލަދިނުމުގައި ފަސްނުޖެހުމަށް ޗައިނާގެ ނޫހަކުން ސަރުކާރަށް ގޮވާލައިފިއެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅުން އޮންނަ ނޫހަކުން މިހެން ބުނީ އޮސްޓްރޭލިއާއާ ދާދިގާތުގައި އިންޑޮނޭޝިއާ އާއި ޗައިނާ ގުޅިގެން ކަނޑުގެ ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށެވެ.
ޗައިނާގެ ނޫހުން ބުނީ ޓައިވާނާއި ގުޅޭ ކަންކަމުގެ ތެރެއަށް ވަދެ މަސްލަހަތު ނަގައިލުމަށް އޮސްޓްރޭލިއާއިން މަސައްކަތް ކުރާކަމަށާއި އެކަން އެގޮތަށް ކުރާނަމަ އޮސްޓްރޭލިއާއަށް މިސައިލް ހަމަލާދޭން ޖެހޭ ކަމުގައެވެ.
މި ދެގައުމުގެ ގުޅުން ގޯސްވެ ޗައިނާއިން ވަނީ އޮސްޓްރޭލިއާއާ ދެކޮޅަށް އިގްތިސާދީ ވަރަށް ގިނަ ފިޔަވަޅުތައްވެސް އަޅައިފައެވެ. ބައެއް ތަކެތި އެކްސްޕޯޓް ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.