ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 12:39
ދައުރުގައި ފާސްކުރުމަށް ހުރި މަސައްކަތްތައް ގިނަކަމުން އެ މަސައްކަތްތައް ނިންމެވުމަށް ރޭގަނޑު ވެސް ޖަލްސާތައް ބާއްވަނީ
ދައުރުގައި ފާސްކުރުމަށް ހުރި މަސައްކަތްތައް ގިނަކަމުން އެ މަސައްކަތްތައް ނިންމެވުމަށް ރޭގަނޑު ވެސް ޖަލްސާތައް ބާއްވަނީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާތައް
މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ވެސް ބާއްވަނީ
 
ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް
 
ގިނަ ރިޕޯޓްތަކަކީ މިދައުރުގައި ފާސްކުރުމަށް ކަނޑައަޅަފައިވާ ޤާނޫނުތަކެއް
 
ކޮމިޓީތަކުން މަސައްކަތްތައް ނިންމަވައި، ގިނަ ޢަދަދެއްގެ ރިޕޯޓްތައް ފާސްކުރުމަށް އެބަހުރި

މަޖިލީހުގެ ޖަލްސާތައް ރޭގަނޑު ވެސް ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ފާސްކުރުމަށް ހުރި މަސައްކަތްތައް ގިނަކަމުން އެ މަސައްކަތްތައް ނިންމެވުމަށް ރޭގަނޑު ވެސް ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާކަން ރިޔާސަތުން އަންގާރަ ދުވަހު މިވަނީ އިއުލާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީތަކުން މަސައްކަތްތައް ނިންމަވައި، ގިނަ ޢަދަދެއްގެ ރިޕޯޓްތައް ފާސްކުރުމަށް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ރިޕޯޓްތަކަކީ މި ދައުރުގައި ފާސްކުރުމަށް ކަނޑައަޅަފައިވާ ޤާނޫނުތަކެއްކަމަށެވެ. މި ދައުރު ނިމުމަށް ދެން މާގިނަ ދުވަސްތަކެއް ނެތުމުން ރޭގަނޑު ޖަލްސާތައް ބާއްވަވާނެކަމަށެވެ.

މަޖިލީހުގެ ހާޒިރީ ރޯދަމަހު މަދުކަމަށް ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ، މުހިއްމު ބިލުތަކުގެ މަޝްވަރާތައް ކުރިއަށްދާއިރު މެމްބަރުން ވަޑައިގެން ބަހުސްގައި ބައިވެރިންވުން މުހިއްމު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށްކަމަށެވެ. އެހެންކަމުން މި ދައުރު މިމަހުގެ ނިޔަލަށް ނިމޭނެއެވެ. އެއަށްފަހު އެއްމަސް ދުވަހުގެ ޗުއްޓީއަކަށް މެންބަރުން ވަޑައިގަންނަވާނެއެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށީ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މިއާއެކު މިއަދާ ހަމައަށް މި ދައުރުގައި ވަނީ 35 ޖަލްސާއެއް ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް