ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 18:50
ސްރީލަންކާގައި ކޮވިޑްގެ ސާމްޕަލް ނަގަމުން އަންނަ މަރުކަޒެއް
ސްރީލަންކާގައި ކޮވިޑްގެ ސާމްޕަލް ނަގަމުން އަންނަ މަރުކަޒެއް
ކޮލޮމްބޯ ގެޒެޓް
ކޮވިޑް-19، ސްރީލަންކާގެ ހާލަތު
ކޮވިޑުން ރައްކާތެރިވުމަށް ލަންކާއިން ފިޔަވަޅުތައް ވަރުގަދަ ކުރަނީ
ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ ކާމިޔާބު ހޯދި މަދު ގައުމުތަކުގެތެރޭގައި ހިމެނޭ ގައުމެއް
ސްރީލަންކާއިން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓަކީ އިންޑިއާއިން ފެނުނު ވޭރިއަންޓެއްކަން ކަށަވަރެއް ނޫން

ކޮވިޑް-19ގެ އައު ވޭރިއަންޓް ސްރީލަންކާއިން ފެނުމާއި ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް ލަންކާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާޓީތަކާއި އެއްވުންތަކާއި ހަފްލާތައް ބޭއްވުން ދެ ހަފްތާއަށް މަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް އައު ވޭރިއަންޓާއި ގުޅިގެން ލޮކްޑައުންއަކަށް ދާން އަދި ނުނިންމާ ކަމަށާއި، ބޭރުތެރޭގައި ތޮއްޖެހިގެން ނޫޅުމަށާއި، ކޮންމެހެން ދާންޖެހޭ ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުގޮސް ގޭގައި ތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސްރީލަންކާއިން ފެންނަން ފަށާފައިވާ ކޮވިޑުގެ އައު ވޭރިއަންޓަކީ އިންޑިއާއިން ފެނުނު ވޭރިއަންޓްކަން އެގައުމުގެ ސިއްހަތާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އައު ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ ވައިރަހެއްކަމަށާއި އެ ވޭރިއަންޓްގެ ޝިކާރައަކަށް ވާ މީހުންގެ ތެރޭގައި ޒުވާނުން ގިނަކަން އެގައުމުން ވަނީ ފާހަގަކޮށްފައެވެ.

ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ ކާމިޔާބު ހޯދި މަދު ގައުމުތަކުގެތެރޭގައި ހިމެނޭ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް