ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 14:42
ލައިބްރަރީގެ ޚިދުމަތް ދޭނީ ގައުމީ ކުތުބުޚާނާގެ އިމާރާތުގައި
ލައިބްރަރީގެ ޚިދުމަތް ދޭނީ ގައުމީ ކުތުބުޚާނާގެ އިމާރާތުގައި
މުހައްމަދު ޝަރުހާން
ލައިބްރަރީގެ ޚިދުމަތް ދިނުން
އާދީއްތަ ދުވަހު ގައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ ލައިބްރަރީ އަލުން ހުޅުވަނީ
 
ޚިދުމަތް ދޭނީ އާދީއްތައިން ބުރާސްފައްޗަށް ހެނދުނު 10:00ން މެންދުރު 12:00ށް

އާދިއްތަ ދުވަހު ގައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ ލައިބްރަރީން އަލުން ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ.

ކުތުބުޚާނާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް 25 އޭޕްރީލް 2021ން ފެށިގެން ކުތުބުޚާނާގެ އިމާރާތުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޚިދުމަތް ކުތުބުޚާނާއިން ދެމުން ގެންދާނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން މެންދުރު 12:00ށް ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލައިބްރަރީގެ ޚިދުމަތް އެކިފަހަރު މަތިން ހުއްޓާލާފައިވާއިރު އެންމެ ފަހުން މި ޚިދުމަތް މެދުކަނޑާލާފައި ވަނީ ފާއިތުވި ފެބްރުއަރީ މަހުގައެވެ.

އައު ޚިދުމަތްތަކާ އެކު ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ 2019 އަހަރު އަލުން ވަނީ ހުޅުވާފައެވެ. ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީއަކީ ގައުމީ ކުތުބުޚާނާގެ ދަށުން ހިންގާ ތަނެކެވެ. މި ލައިބްރަރީގެ އިމާރާތުގައި ކުޑަކުދިންނަށް ހާއްސަ ކޯނަރުތަކެއް ގާއިމް ކޮށްފައިވާއިރު، ކުޑަކުދިންނާ ގުޅޭ ފިލްމު އެޅުވުމަށް ތިއޭޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް