ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 20:18
އަކްރަމް ކަމާލުއްދީން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙާއެކު - އަކްރަމް ވާދަ ކުރައްވާކަން ހާމަ ކުރައްވާފައިވަނީ ހުކުރު ދުވަހު ޓްވިޓަރ މެދުވެރިކޮށް
އަކްރަމް ކަމާލުއްދީން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙާއެކު - އަކްރަމް ވާދަ ކުރައްވާކަން ހާމަ ކުރައްވާފައިވަނީ ހުކުރު ދުވަހު ޓްވިޓަރ މެދުވެރިކޮށް
ރައީސް އޮފީސް
އެމްޑީޕީ މާލޭ ދާއިރާއަށް އަކްރަމް
އެމްޑީޕީ މާލޭ ދާއިރާގެ ރައީސްކަމަށް އަކްރަމް ވާދަ ކުރައްވަނީ
 
ހުކުރު ދުވަހު އަކްރަމް ކުރެއްވި ޓްވީޓެއްގައި އެކަން އިއުލާނު ކުރެއްވި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިޚާބުގައި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމަށް އަކްރަމް ކަމާލުއްދީން ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.

އެކަން ހާމަ ކުރައްވައި ހުކުރު ދުވަހު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ މާލެ ދާއިރާގެ ރައީސްގެ ގޮތުގައި މިހިނގާ ދައުރުގައި ޕާޓީއަށާއި, މެންބަރުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އުފަލާއެކު ފާހަގަ ކުރައްވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދައުރަށް މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތި ލެއްވުމަށް ޤަސްތު ކުރައްވާކަން ފާހަގަ ކުރައްވައި އަކްރަމް ވަނީ އެމްޑީޕީގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ތާއީދު ކުރެއްވުން އެދިވަޑައިގަންނަވާފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އަކްރަމް އަކީ މިހާރު މި ހިނގަމުންދާ ދައުރުގައިވެސް މާލޭ ސިޓީގެ ދާއިރާގެ ރައީސްއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަކީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 5ވަނަ ބާބުގައި ބަޔާންކުރެވިފައިވާ، ޕާޓީގެ 13 ގުނަނުގެތެރެއިން 2ވަނަ ގުނަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
80%
0%
20%
0%
0%
0%
ކޮމެންޓް