Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 07:18
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު: ވިދާޅުވީ ކުރިން އޮތް ޚުދުމުހުތާރު ޑިކްޓޭޓަރޝިޕަށް ދެން މި ގައުމު ދާން ފުރުސަތު ނުދެއްވާނޭ ކަމަށް
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު: ވިދާޅުވީ ކުރިން އޮތް ޚުދުމުހުތާރު ޑިކްޓޭޓަރޝިޕަށް ދެން މި ގައުމު ދާން ފުރުސަތު ނުދެއްވާނޭ ކަމަށް
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަ
ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ
ފެނަކައިން އެއްވެސް ފައިސާއެއް ގެއްލިފައިވާކަމަށް ދަންވަރު ނެރުނު އެ އޮޑިޓް ރިޕޯޓުން ފެންނަން ނެތް ކަމަށް
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ޖަލަށް ލާފައިވަނީ ނާއިންސާފުން ކަމަށާ ވާދޫގައި ހުކުރު ދުވަހު އެކަމާ ދެކޮޅަށް މުޒާހަރާ ކުރީ ހަމަ ކުރަން ޖެހޭތީ ކަމަށް

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ވައްކަން ހާމަކުރުމަށް ދަންވަރު ނެރުނު އޮޑިޓް ރިޕޯޓުގައި ފެނަކައިން ގެއްލުނު އެންމެ ފައިސާ ފޮއްޗެއްގެ ވާހަކަވެސް ފާހަގަކޮށްފައި ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ޕީޓްރަލް ޕާކުގައި ބޭއްވި ކަންމަތީ ބައްދަލުމުގައި ވާހަކަދައްކަވަމުން ޝިއްޕެ ވިދާޅުވީ ނިމިދިއަ އެމްޑީޕީ ސަރުކާރުގައި ފެނަކައިން ރާއްޖޭގައި މިހާތަނަށް ހިންގާފައި ނުވާ ވަރުގެ ބޮޑު ޚިޔާނާތެއް، ކޮށްފައިނުވާވަރުގެ ބޮޑު ވައްކަމެއް ކުރި ކަމަށް ބުނެ މި ސަރުކާރުން ވާހަކަތަކެއް ފެތުރި ކަމަށެވެ.

ޝިއްޕެ ވިދާޅުވީ އެކަން ސާބިތުކޮށް ދިނުމަށްޓަކައި އެޔެއްމިޔެއް ބެލުމެއް ނެތި ދަންވަރުގެ ވަގުތެއްގައި ފެނަކައިގެ އޮޑިޓް ރިޕޯޓެއް ނެރުނު ކަމަށެވެ. މި ރިޕޯޓަކީ މިފަހުން އެމްޑީޕީ އިސްވެ އޮވެ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެއްވުމާ ގުޅިގެން، އެއްވުން "ފުނޑިގެން" ދާނެ ކަމަށް ހީކޮށް ނެރުނު ރިޕޯޓެއް ކަން ފާހަގަކުރައްވާ ޝިއްޕެ ވިދާޅުވީ އެކަމުން ވީ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އަޅުގަނޑުމެންގެ މަސައްކަތް މެކުހަށް ޖަހައިގެން ދިއަ ވަގުތު އެއް ރެއެއްގަ، ދަންވަރު ވަގުތެއްގަ އަޅުގަނޑުމެންގެ މުޅި އެއްވުން އެކަމަކާ ހުރެ އެއްކޮށް ފުނޑިގެންދާނެ ކަމަށް ހީކޮށް ނެރުނީ އޮޑިޓް ރިޕޯޓެއް. އެޔެއްމިޔެއް ބަލައިނުލާ، ދަންވަރެއްގައި ނެރުނީ އޮޑިޓް ރިޕޯޓެއް. ވަރަށް ބޮޑަށް ސްޕިން ކުރަމުން ދިޔައީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތަށް ވުރެ ބޮޑު ވައްކަމެއް ގޮތުގަ. ބޮޑު ވައްކަމެއްގެ ގޮތުގަ. އަޅުގަނޑު މި ނުކުތާ މި ފާހަގަކޮށްލަނީ އެބޭފުޅުން ދަންވަރު މި އޮޑިޓް ރިޕޯޓް ނެރެފަ، ޖެހިގެން އައި ދެތިން ދުވަސްތެރޭ ހުކުމެއް ކޮށްފަ ސައީދު ޖަލަށް ލީ. ލާފައި ސްޕިންކުރީ ރާއްޖޭގެ މާލިއްޔަތުން ގެއްލުނު އެންމެ ބޮޑު ފައިސާގެ ޚިޔާނާތް ކަމަށް،

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ)

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ގެއްލުނުކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. އަދި އެކަން ފެންނަން ވެސް އެެބައޮތް ކަމަށެވެ. ނަމަވެސް ފެނަކައިން އެއްވެސް ފައިސާއެއް ގެއްލިފައިވާކަމަށް ދަންވަރު ނެރުނު އެ އޮޑިޓް ރިޕޯޓުން ފެންނަން ނެތް ކަމަށް ޝިއްޕެ ވިދާޅުވިއެވެ.

އެހެންކަމުން ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ޖަލަށް ލާފައިވަނީ ނާއިންސާފުން ކަމަށާ ވާދޫގައި ހުކުރު ދުވަހު އެކަމާ ދެކޮޅަށް މުޒާހަރާ ކުރީ ހަމަ ކުރަން ޖެހޭތީ ކަމަށް ޝިއްޕެ ވިިދާޅުވިއެވެ. އަދި ވިދާޅުވީ ވާދޫ ރައްޔިތުން ވެސް ނޮވެމްބަރު 17 ވަނަ ދުވަހު މާލޭގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް މާލެ އަންނަން ޖެހޭ ކަމަށެވެ.

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގދ. ވާދޫގައި ހުކުރު ދުވަހު އެއްވުމެއް ވަނީ ބާއްވާފައެވެ.

ސައީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގދ ވާދޫގައި ބޭއްވި އެއްވުމާއި ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ހިއްސާކުރި އެރަށު މީހަކު ބުނީ، މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާ އަދި ސަރުކާރާއި ދެކޮޅުވެގެން ބާއްވާ އެއްވުމެއް ވެސް ނޫން ކަމަށެވެ. އޭނާ ބުނީ މި ހަރަކާތަކީ ވާދޫގެ ރައްޔިތުން ދެކެ ލޯބިވާ، ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެފައިވާ ފަރާތެއް ކަމުން އެފަރާތައް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބާއްވާ އެއްވުމެއް ކަމަށެވެ. އަދި އެ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށާއި ސައީދު އަށް އިންސާފު ލިބެންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ގިނަ އަދަދަކަށް މީހުން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު އެ އެއްވުމުގެ ބައިވެރިން ވަނީ ސައީދު މިނިވަން ކުރުމަށް ގޮވާލާފައެވެ.

- ކޮމެންޓް