ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 09:19
މަރާލާފައިވާ، ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު
މަރާލާފައިވާ، ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު
ސޯޝަލް މީޑިއާ
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކޮށްފައިވާ ދައުވާގެ ޝަރީއަތްތައް ކުރިއަށްދާ ގޮތް ކޮމިޝަނުން ދަނީ ގާތުން ބަލަމުން: މަރު ކޮމިޝަން
 
މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށް ވަނީ ބުނެފައި

މަރާލާފައިވާ، ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކޮށްފައިވާ ދައުވާގެ ޝަރީއަތްތައް ކުރިއަށްދާ ގޮތް ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަނުން ބުނެފިއެވެ.

ޔާމީން ރަޝީދު މަރާލިތާ 4 އަހަރު ފުރުމުން، އެ ކޮމިޝަނުން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަކަމުގައި ވީނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާނެ ކަމަށެވެ. އަދި ކޮމިޝަންގެ އެދުމަކީ މި މައްސަލައާ ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުން ކަމަށެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

ޔާމީން މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ 23 އޭޕްރީލްވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް