ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 23:08
އއ ތޮއްޑޫ އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
އއ ތޮއްޑޫ އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ސްޓެލްކޯ
އއ ތޮއްޑޫ އައު އިންޖީނުގެ
ތޮއްޑޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި
 
ފުރަތަމަ ފަންގިފިލާ ހާއްސަވާނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށް
 
މަސައްކަތް ކޮށްފައިވަނީ ރައްޔިތުންނާއި ވީހާވެސް ދުރުގައި، އައު އިންޖީނުގެއެއް އެޅުމަށް
 
ތޮއްޑޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ ހޮނިހިރު ދުވަހު އަޅާފައިވޭ

އއ ތޮއްޑޫގައި އަލަށް އިމާރަތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

އެކަމާ ގުޅޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯއިން) ބުނީ، އއ. ތޮއްޑޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ ހޮނިހިރު ދުވަހު އަޅާފައިވާ ކަމަށެވެ. އެގޮތުން މިއީ ކަސްޓަމާރ ސާރވިސް އިމާރާތަކާއެކު 5 މެގަވޮޓްގެ ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް އިމާރާތް ކުރެވޭ އިންޖީނުގެއެއްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، މި ޒަމާނީ އިންޖީނުގެ ވެގެންދާނީ ތޮއްޑޫއަށް އަންނަމުންދާ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާއަށް ކަމަށެވެ.

އޭގެ އިތުރުން، މި މަސައްކަތް ކުރަމުން ދިޔައިރު، ރައްޔިތުންނާއި ވީހާވެސް ދުރުގައި، އައު އިންޖީނުގެއެއް އެޅުމަށްޓަކައި ބިމެއް ހަމަޖެއްސުމަށް މަސައްކަތް ކުރެވިފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، އެ ބިން ހަމަޖެހި މިހާރު ތޮއްޑޫގެ ހިދުމަތް ދެމުންގެންދާ 810 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 5 މެގަވޮޓްގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ ޒަމާނީ އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ތޮއްޑޫއަކީ އާބާދީ ބޮޑު، ބިން ތަނަވަސް، ދަނޑުވެރި ރަށަކަށްވާ އިރު، ލޯކަލް ޓުއަރިޒަމްއަކީވެސް އެރަށުގައި ފައްކާވަމުން އަންނަ ސިނާއަތެއްކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.

ސްޓެލްކޯއިން ބުނީ، އެ އިމާރާތުގެ އެންމެ ތިރީބައި ޚާއްސަކޮށްފައި ހުންނާނީ ކަސްޓަމަރުންނަށް ހިދުމަތްދޭން ކަމަށެވެ. އަދި ފުރަތަމަ ފަންގިފިލާ ހާއްސަވާނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށާއި، މީޓިންތަކަށްކަން ސްޓެލްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދެވަނަ ފަންގިފިލާ ޑިޒައިންކޮށްފައިވާނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން އިންޖީނުގެ އަކީ އަޑުމަޑު ތަނަކަށް ހެދުމަށް ނިންމާފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތުގައި ހަރުކުރެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް