ހުޅުމާލެ ފޭސް 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.
ކަރަންޓު ކެނޑުނީ އާދީއްތަ ވިލޭރޭ 03:30 ހާއިރުއެވެ.
މިކަމާގުޅޭ މައުލޫމާތު ހޯދަން ރާއްޖެއެމްވީ އިން ސްޓެލްކޯގެ ހޮޓްލައިން އަށް ގުޅުމުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި ވާކަމުގައެވެ. އަދި ކަރަންޓަށް ދިމާވި މައްސަލަ ނޭނގޭ ކަމަށާއި، ހައްލު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ކަރަންޓު ދެވޭނެ އިރެއްވެސް ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ.
ވިނަރެސްގެ އެއްވެސް ޓަވަރެއްގައި ކަރަންޓު ނެތްއިރު، ހިޔާގެ ބައެއް ޓަވަރުތަކުގައި ކަރަންޓު ނެތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލައާ ގުޅިގެން ސްޓެލްކޯގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިފަހަކަށް އައިސް މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައެވެ.