Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2025 | ހޯމަ 21:50
ރައީސް ސާލިހް ސަރުކާރުން ށ. ކޮމަންޑޫގައި ތަރައްގީ ކުރި އަައު އިންޖީނުގޭގެ ޖެނެރޭޓަރ ރޫމް
ރައީސް ސާލިހް ސަރުކާރުން ށ. ކޮމަންޑޫގައި ތަރައްގީ ކުރި އަައު އިންޖީނުގޭގެ ޖެނެރޭޓަރ ރޫމް
ރާއްޖެއެމްވީ
ކަރަންޓު އަގު
ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސް ނިންމަވައިފި
ޖަނަވަރީ 1، 2026 އިން ފެށިގެން ރާއްޖޭގެ އާންމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރަން ނިންމުން
ރަށްރަށުގެ މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ފައިސާގެ އަދަދު އިތުރުވެގެންދާނެ
2026 ވަނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދޭ ބަޖެޓް ދެގުނަ ބޮޑުކުރުން

ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިކަން އިއުލާން ކުރެއްވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މުއިއްޒުގެ ޕޯސްޓްގައި، ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން، ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ފައިސާގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހިނގާ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު ރައީސް ވަނީ، 2026 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރައްވައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުޞޫލު މުރާޖައާ ކުރުމަށް ނިންމި ކަން އިއުލާނު ކުރައްވާފައެވެ.

- ކޮމެންޓް