ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 18:05
ސްޓެލްކޯއިން އުކުޅަހުގައި އަޅާ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވުން
ސްޓެލްކޯއިން އުކުޅަހުގައި އަޅާ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވުން
ސްޓެލްކޯ
އުކުޅަހުގައި އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް
އުކުޅަހުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އަޅަނީ
 
ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދޭ
 
މިއީ 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް
 
މި އިންޖީނުގެއަކީ ޒަމާނީ ފެންވަރަށް ޤާއިމު ކުރެވިގެންދާނެ ތަނެއް

ޒަމާނީ 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އައު އިންޖީނުގެއެއްގެ ބިންގާ ހުކުރު ދުވަހު އއ. އުކުޅަހުގައި އަޅައިފިއެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ، މި އިންޖީނުގެ ވެގެންދާނީ އުކުޅަހަށް އަންނަމުންދާ ތަރައްގީގެ މުހިއްމު ބައިވެރިއަކަށް ކަމަށެވެ. އެގޮތުން އއ.އުކުޅަހަކީ ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި ރާއްޖޭގެ އެންމެ ކުރީ ސަފުން ގުނާލެވޭނެ ރަށެއްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، އުކުޅަހުގައި މިވަގުތުވެސް އެކި ފަންތީގެ އެކިފެންވަރުގެ ގެސްޓްހައުސްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެއާއެކު އެ ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި، ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރަން ބަލާއިރު، އުކުޅަހު އިންޖީނުގެއަކީ ނިސްބަތުން ވަރަށް ކުޑަ ތަނެއްކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މިވަގުތުވެސް އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމަށްޓަކައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ. ސްޓެލްކޯއިން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައިވެސް އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައެވެ.

އެންމެފަހުން މިހާރު ކުންފުނިން އަމާޒު ހިފާފައި މިވަނީ އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން މިގެންދާ 812 ކިލޯވޮޓްގެ އިންޖީނުގެ ގޭގެ ބަދަލުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށެވެ. ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި މި އިންޖީނުގެ ވެގެންދާނީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮއްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ އިންޖީނުގެއަކަށް ކަމަށެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި އިތުރު ސަލާމަތީ ހިދުމަތްތަކާއި ރަނގަޅު ވެންޓިލޭޝަނަކާއެކު އަދި އުސްކޮށް އިމާރާތް ކުރެވޭ މި އިންޖީނުގެއަކީ ޒަމާނީ ފެންވަރަށް ޤާއިމު ކުރެވިގެންދާނެ ތަނެކެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށާއި، އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއްވެސް ފަހިވެގެންދާނެކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް