ކ. މާލެ
|
15 މާރޗް 2021 | ހޯމަ 01:02
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ދަ އެޑިޝަން
އައްޑޫ ސިޓީގައި ހިންގި މާރާމާރިތައް
އައްޑޫ ސިޓީގައި މާރާމާރިތަކެއް ހިންގައި ތޫނުއެއްޗެހިން ހަމަލާދީފި
 
އަނިޔާވި މީހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން
 
މާރާމާރިތަކުގު މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އާދިއްތަ ދުވަހުގެރޭ
 
މާރާމާރި ހިންގާފައި ވަނީ ހިތަދޫ އަދި ފޭދޭގައި

އައްޑޫ ސިޓީގެ ދެ އަވަަށެއްގައި ތޫނު އެއްޗެހިން ހަމަލާދީ މާރާމާރިތަކެއް ހިންގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މާރާމާރި ހިންގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައެވެ.

އެގޮތުން ހިތަދޫގައި ހިންގި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މިއްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ އާދިއްތަ ދުވަހުގެރޭ 11:30ގައި އެވެ. އަދި ފޭދޭގައި ހިންގި މާރާމާރިއެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އާދިއްތަ ދުވަހުގެރޭ 11:45 ގައި ކަމަށް އެއިދާރާއިން ބުނެއެވެ.

ފުލުހުން ބުނީ މި ދެމީހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. އަދި މިމައްސަލަތައް އިތުރަށް ތަހުގީގުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
67%
0%
0%
33%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި