ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 07:26
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއެކު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަޑައިގަންނަވަނީ- މިނިސްޓަރ ވަނީ ރައީސް ސޯލިޙުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއެކު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަޑައިގަންނަވަނީ- މިނިސްޓަރ ވަނީ ރައީސް ސޯލިޙުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފައި
ރައީސް އޮފީސް
ހިޖުރަކުރާ މީހުންގެ ދުވަސް
އިންސާނީ ވަގުފާރި ހުއްޓުވުމަށް ރައީސް ސޯލިޙުގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއްދޭ: މިނިސްޓަރ
ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ވަނީ މެސެޖެއް ދެއްވާފައި
އިންސާނި ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް
2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި އިންސާނީ ވަގުފާރި ހުއްޓުވުމަށްވެސް ކަންކަން ހިމަނާފައިވޭ

އިންސާނީ ވަގުފާރި ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް މިނިސްޓަރ އޮފް ޑިފެންސް، މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚާއްސަ މެސެޖުގައި ވަނީ، ދިވެހި މުޖްތަމަޢު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ މުހިންމު ދައުރާއި، ކުރާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ހިޖުރަކުރާ މީހުންގެ ޙައްޤުތަކަށް ބުރޫ ނާރާނެހެން، އެއްވެސް މަޖުބޫރު ކުރުވުމެއް ނެތި، ރައްކާތެރިކަމާއެކު، ހިޖުރަކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އިންސާނީ ވަގުފާރި ކުރުމުގެ ކުށުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިކުރުން ހުއްޓުމަކަށް ގެނައުމަށް ރައީސް ސޯލިޙު ދެއްވާ އަޙައްމިއްޔަތުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ފެބްރުއަރީމަހުގެ ތެރޭގައި ރައީސް ސޯލިޙުގެ ކެބިނެޓުން ވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން ފާސްކޮށްފައެވެ. އަދި ސަރުކާރުން ވަނީ ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީއެއްވެސް އަލުން އެކުލަވާލައްވާފައެވެ.

މިނިސްޓަރ ވަނީ އިންސާނީ ވަގުފާރިއާ ދެކޮޅަށް "ހޭޝްޓެގް އެންޑް ހިއުމަން ޓްރެފިކިންގ"ގެ ނަމުގައި ސޯޝަލް މީޑިޔާ ކެމްޕޭނެއްވެސް އިފްތިތާޙު ކޮށްދެއްވާފައެވެ. އަދި އިންސާނި ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަނެ، އެޖަރީމާ ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރުމާއި، އެކަމުގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭއިރު، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށްޓަކައި ގުޅީފަޅުން ބިމެއް ހަމަޖައްސައި، އެތަން ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި އެންޓި-ޓިޕް އޮފީހުގެ ނަމުގައި ޚާއްޞަ އޮފީހެއް މިނިސްޓްރީ އޮފް ޑިފެންސްގައި ޤާއިމު ކުރުމަށްވެސް 2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

- ކޮމެންޓް