ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 11:43
ބަންޑާރަނައިބް (އޭޖީ) އިބްރާޙިމް ރިއްފަތު - އޭޖީ ވަނީ އާބިޓްރޭޝަން ސެންޓަރުން އެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން، މަދަނީ މައްސަލަތަކަށްވެސް އަވަސް ޙައްލެއް އަންނާނެ ކަމަށް ވިދާޅުވެފައި
ބަންޑާރަނައިބް (އޭޖީ) އިބްރާޙިމް ރިއްފަތު - އޭޖީ ވަނީ އާބިޓްރޭޝަން ސެންޓަރުން އެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން، މަދަނީ މައްސަލަތަކަށްވެސް އަވަސް ޙައްލެއް އަންނާނެ ކަމަށް ވިދާޅުވެފައި
ރާއްޖެއެމްވީ
އެމްއައިއޭސީގެ ޚިދުމަތްތައް ފެށުން
ތަޖުރިބާކާރު އާބިޓްރޭޓަރުންނާއެކު، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ: އޭޖީ
މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބިގެން ދާނެ
ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ 2019 ވަނަ އަހަރު
ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދިން

ތަޖުރިބާކާރު އާބިޓްރޭޓަރުންނާއެކު، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓިގެންދާނެ ކަމަށް ބަންޑާރަނައިބް (އޭޖީ) އިބްރާޙިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އޭޖީ އެހެން ވިދާޅުވީ، މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އިން އާބިޓްރޭޝަން ޚިދުމަތް ފޯރުކޮށްދޭން ފެށުމާ ގުޅިގެން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އޭޖީ ވިދާޅުވީ، ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި، މަދަނީ އިލްތިޒާމުތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބިގެން ދާނެ ކަމަށެވެ. އެއާއެކު، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެކަންވެސް އޭޖީ ފާހަގަ ކުރެއްވިއެވެ.

ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) ގެ ދަށުން އާބިޓްރޭޝަން ކަންކަމާ ގުޅުންހުރި ޚިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދިނުމަށް އެ ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވަނީ ހޯމަ ދުވަހުއެވެ. އެހެން ނަމަވެސް، މި ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

އޭގެ ފަހުން މިހާތަނަށް އައިއިރު، ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލައި، ކޭސް މެނޭޖްމަންޓް ޕޯޓަލްއެއް ޤާއިމު ކުރެވިފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަންއާ ގުޅޭ ޤަވާއިދުތައްވެސް ޝާއިއު ކޮށްފައިވާކަން ސެންޓަރުން ފާހަގަ ކުރެއެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށްދިނުމާއި އެކަމާބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ.

- ކޮމެންޓް