ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 13:02
އިންޓަނޭޝަނަލް އާބިޓްރޭޝަނާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގެ ތެރެއިން
އިންޓަނޭޝަނަލް އާބިޓްރޭޝަނާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއައިއޭސީ
އެމްއައިއޭސީގެ ޚިދުމަތްތައް
އެމްއައިއޭސީން އާބިޓްރޭޝަން ޚިދުމަތް ފޯރުކޮށްދޭން ފަށައިފި
ވަރޗުއަލް އެކި ޚިދުމަތްތަކާއެކު މި އިޖުރާއަތުތައް ކުރިއަށް ގެންދެވޭނެ
ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ 2019 ވަނަ އަހަރު
ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދިން

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އިން ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ހޯމަ ދުވަހު އެ ސެންޓަރުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) ގެ ދަށުން އާބިޓްރޭޝަން ކަންކަމާ ގުޅުންހުރި ޚިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދިނުމަށް އެ ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު މައްސަލަ ހުށައެޅޭނެކަންވެސް ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ވަރޗުއަލް އެކި ޚިދުމަތްތަކާއެކު މި އިޖުރާއަތުތައް ކުރިއަށް ގެންދެވޭނެކަން ފާހަގަކޮށް އެ ސެންޓަރުން ބުނީ، ވަރޗުއަލް ޚިދުމަތްތައް ތައާރަފް ކުރުމާއެކު ވީހާވެސް ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

މި ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލައި، ކޭސް މެނޭޖްމަންޓް ޕޯޓަލްއެއް ޤާއިމު ކުރެވިފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަންއާ ގުޅޭ ޤަވާއިދުތައްވެސް ޝާއިއު ކޮށްފައިވާކަން ސެންޓަރުން ފާހަގަ ކުރެއެވެ.

އެމްއައިއޭސީން ވަނީ އެ ސެންޓަރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުބާރު ލިބޭނެ ގޮތަށް، ހަރުދަނާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށްދިނުމާއި އެކަމާބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ.

- ކޮމެންޓް