ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 13:26
އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފިޤޫ
އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފިޤޫ
ރައީސް އޮފީސް
ކޮވިޑް-19 ވެކްސިން ގެނައުން
އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ރާއްޖެއިން ހުށައެޅި ހުށައެޅުން ޤަބޫލުކޮށްފި
ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލައި، ވެކްސިން ޖަހާނެ މީހުން ގިންތި ކުރުމުގެ މަސައްކަތް ކުރިއަށްދޭ
އަމާޒަކީ ވެކްސިން ލިބެންވާއިރަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައި ހުރުން
އެކަމުގެ ލިއުން ބުރާސްފަތި ދުވަހު ރާއްޖެއަށް ލިބިފައިވާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވި

ކޮވިޑް-19 އަށް އުފައްދާ ވެކްސިން ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ޤަބޫލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ، ރާއްޖެއަކީ ކޮވެކްސް ފެސިލިޓީގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އާބާދީގެ 20 އިންސައްތައަށް ބޭނުންވާ ވެކްސިން ހިލޭ ލިބޭ އެއް ޤައުމު ކަމަށެވެ. އަދި އެކަމުގެ ލިއުން ބުރާސްފަތި ދުވަހު ރާއްޖެއަށް ލިބިފައިވާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ބައިނަލްއަޤުވާމީ ފްރޭމްވާރކުގެ ދަށުން ކުރިއަށްދާ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލުމާއި، ވެކްސިން ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ހެދުމާއި، އިދާރީ މަސައްކަތްތައްވެސް މިވަގުތު ހަލުވި މިނެއްގައި ކުރިއަށްދާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުން ފަދަ ކަންކަން މިހާރުވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ ވެކްސިން ލިބެންވާއިރަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައި ހުރުންކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، ވެކްސިން ލިބެނީ ބައިބަޔަށް ބަހައިގެން ކަމަށްވާއިރު، ރާއްޖޭގައިވެސް ވެކްސިން ޖަހާނެ ތަރުތީބެއް އެކުލަވާލާފައިވާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ޑރ ނަޒްލާ މުސްތަފާވެސް ވާހަކަ ދައްކާފާއިވާއިރު، ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ، ސިއްހީ ޚިދުމަތްތެރިންނާއި، ހައި ރިސްކް މީހުންގެ އިތުރުން، އިޖުތިމާއީ އަދި އިޤްތިސާދީ ދަތިތައް ކުޑަ ކުރުމަށްވެސް އިސްކަން ދީފައިވާނެކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

  • ފްރަންޓްލައިން ވޯކަރުން
  • ހައިރިސްކް މީހުން
  • އަސާސީ ޚިދުމަތްދޭ މީހުން
  • އިޤްތިސާދީ/އިޖުތިމާއީ ދަތިތައް ކުޑަ ކުރުމަށް އިސްކަންދޭ ކެޓެގަރީ
  • އިންޓަރނޭޝަނަލް ޓްރެވަލަރސް

ވެކްސިން އިންވެސް ސައިޑް އިފެކްޓްސް ދިމާވެދާނެކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖެއިން ގެންނާނީ ހަމައެކަނި ދުނިޔޭގެ ސިއްހަތު ޖަމިއްުޔާއިން ބަލައިގަންނަ ވެކްސިން ކަމަށެވެ. އެގޮތުން ރައްކާތެރި އަދި ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީން ކުރެވިފައިވާ 4 ވެކްސިނެއް ފާހަގަ ކުރެވިފައިވާކަން އެޗްއީއޯސީން މީގެ ކުރިންވެސް ފާހަގަ ކުރެއްވިއެވެ.

- ކޮމެންޓް
10 ޑިސެންބަރ 2020 | ބުރާސްފަތި 13:49
ގުއިއްޒު
ޔަގު ހަދައިދިން ވިންޓަރ ޕާރކެއް އެބައޮތެއްނުން. އެތާ ތި ވެކްސިންތައް ރައްކާކުރޭ.