ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 17:54
ކޮވިޑް-19 އަށް ފައިޒަރ އަދި ބައޯއެންޓެކް އިން ތައްޔާރުކޮށްފައިވާ ވެކްސިނަކީ 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް
ކޮވިޑް-19 އަށް ފައިޒަރ އަދި ބައޯއެންޓެކް އިން ތައްޔާރުކޮށްފައިވާ ވެކްސިނަކީ 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް
އިސްރާއިލަށް ކޮވިޑް ވެކްސިން ލިބުން
އިސްރާއިލަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިއްޖެ
އިސްރާއިލުން ވަނީ ވެކްސިންގެ އަށް މިލިއަން ޑޯޒް އޯޑަރު ކޮށްފައި
އިސްރާއިލްގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ އެގައުމުގެ ބޮޑުވަޒީރަށް
ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެގައުމަށް ލިބުނު ނަމަވެސް ވެކްސިން ބޭނުންކުރުމުގެ ހުއްދަ އަދި އެގައުމުން ނުދޭ

އިސްރާއިލުން އޯޑަރުކުރި ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެގައުމަށް ލިބިއްޖެ އެވެ.

ފައިޒަރ އަދި ބައޯއެންޓެކް އިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ އަށް މިލިއަން ޑޯޒަށް އިސްރާއިލުން އޯޑަރު ޖަހާފައިވާއިރު، ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެގައުމަށް ލިބިފައި ވަނީ ބުދަ ދުވަހު އެވެ.

އިސްރާއިލަށް ވެކްސިން ލިބުމާއިއެކު ރައްޔިތުންނަށް މިސާލެއްގެ ގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހާނީ އެގައުމުގެ ބޮޑުވަޒީރު ކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވާއިރު، އޭނާ ވަނީ ކޮވިޑްގެ ހާލަތުން އަރައިގަނެވޭނެކަމުގެ އުންމީދު ފެންނަން ފަށާފައިވާކަމަށް ވިދާޅުވެފަ އެވެ.

ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އިސްރާއިލަށް ލިބިފައިވީނަމަވެސް އެގައުމުން އަދި ވެކްސިން ބޭނުންކުރުމުގެ ހުއްދައެއް ނުދެ އެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

ފައިޒަރގެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއްކަމަށް އެންމެ ފަހުގެ ޓެސްޓުތަކުން ދައްކާއިރު، އިނގިރޭސިވިލާތުން ވަނީ މި ވެކްސިން އެގައުމުގެ ބޭނުންކުރުމުގެ ހުއްދަދީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އަންގާރަ ދުވަހު ފަށާފަ އެވެ.

- ކޮމެންޓް