ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 13:12
ށ ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެމްޓީސީސީން މޮބިލައިޒް ކުރަނީ
ށ ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެމްޓީސީސީން މޮބިލައިޒް ކުރަނީ
އެމްޓީސީސީ
ށ ޅައިމަގު ބަނދަރު މަޝްރޫއު
ޅައިމަގު ބަނދަރު މަޝްރޫއަށް ބޭނުންވާ ސާމާނު މޮބިލައިޒް ކޮށްފި، ރައްޔިތުންގެ އުއްމީދު ބޮޑު
ސައިޓް މޮބިލައިޒް ކުރީ 07 ޑިސެމްބަރ 2020 ގައި
ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން ލަފާ ފުރާ ދޯނިތަކަށްވެސް ދަތިވޭ
މި މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެއް

ށ. ޅައިމަގު ބަނދަރު މަޝްރޫއަށް ބޭނުންވާ ސާމާނު މޮބިލައިޒް ކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެކަން ހާމަކޮށް އެމްޓީސީން ބުނީ، ށ. ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 07 ޑިސެމްބަރ 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޅައިމަގު ކައުންސިލުގެ ނައިބްރައީސް އަބްދުﷲ ޝަނޫން ވިދާޅުވީ، ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ރައްޔިތުންވެސް ގިނަ ހުވަފެންތަކެއް ދެކެމުންދާ މަޝްރޫއެއްކަމަށެވެ. އެގޮތުން އެއީ ގިނަ ދުވަސްތަކެއް ވެފައިވާ ބަނދަރެއްކަން ފާހަގަކުރައްވައި ޝަނޫން ވިދާޅުވީ، ބަނދަރު ކުޑަވުމުގެ ސަބަބުންނާއި، ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރާ ދޯނިތަކަށްވެސް ދަތިވާކަމަށެވެ.

ވަރަށް ދުވަސްވީ ބަނދަރެއް އެއީ، ވަރަށް ބޮޑަށް ތިލަވެފައި އޮތީވެސް ވެލި ވަދެ، އޭގެ އިތުރުން ކަނޑިންމަ ކެނޑިފައިން ގޮތުން ބަނދަރު ތެރެއަށް ރާޅު ވައްދާ އެކަހަލަ ބައިވަރު ދަތިތައް އެބަހުރި، ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ޙަޤީޤަތަކަށް ވެގެން މަސައްކަތް ފެށިގެން މިދަނީ
ޅައިމަގު ކައުންސިލުގެ ނައިބްރައީސް އަބްދުﷲ ޝަނޫން

މި މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށްވަނީ ނިންމައިފައެވެ.

- ކޮމެންޓް