ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 12:28
މޫސުމާ ބެހޭ އިދާރާއަށް އޮޓޯމެޓިކް ވެދަރ ސްޓޭޝަންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މޫސުމާ ބެހޭ އިދާރާއަށް އޮޓޯމެޓިކް ވެދަރ ސްޓޭޝަންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
އޮޓޯމެޓިކް ވެދަރ ސްޓޭޝަން ހަވާލުކުރުން
މޫސުމާ ބެހޭ ގައުމީ އިދާރާއަށް އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެއް ހަދިޔާކޮށްފި
 
މި މަސައްކަތުގެ ގެ ޖުމްލަ އަގަކީ 2,973,952.00 ރުފިޔާ
 
މޫސުމާބެހޭ އިދާރާގެ ވެދަރ ސްޓޭޝަނެއް ގާއިމުކުރެވިފައި ނެތް ސަރަހައްދުތަކުގެ މޫސުން ސީދާ ކަމާއިއެކު ފުރިހަމައަށް ގެނެސްދެވޭނެ
 
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރާނެ

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހިންގާ މަޝްރޫއުގެ ދަށުން ރާއްޖޭގެ މޫސުމީ ވިއުގައަށް އިތުރުކުރެވޭ ހަ އޮޓޯމެޓިކް ވެދަރ ސްޓޭޝަން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަރަޔަންމަންޓް އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ، 'ސަޕޯޓިންގ ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް'، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޭޝަނެއް ގާއިމުކުރެވިފައި ނެތް ސަރަހައްދުތަކުގެ މޫސުން ސީދާ ކަމާއިއެކު ފުރިހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މީގެ ސަބަބުން "މޫސުމީ ވިއުގަ" އިތުރަށް ހަރުދަނާ ކުރުމަށް އިތުރުކުރެވިގެންދާނެއެވެ.

މި އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަށް ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ސީ.އޭ.އީ. އެސް.ޕީ.އޭ އަށް 119,200 ޔޫރޯއަށެވެ. އަދި މި އެންޓެނާތައް ހަރުކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ މެކްސްޓަރ މޯލްޑިވްސް އަށް 737،760.00 ރުފިޔާއަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 2,973,952.00 ރުފިޔާ (ދެ މިލިއަން ނުވަލައްކަ ހަތްދިހަތިންހާސް ނުވަސަތޭކަ ފަންސާސް ދެ ރުފިޔާ) އެވެ.

މި ވެދަރ ސްޓޭޝަންތައް ގާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ ވާރޭ ނުވެހުމުގެ ސަބަބުން ކުރިމަތިވާ ފެނުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މޫސުން ލަފާކުރުމެވެ. މިގޮތުން، މެދު ކެނޑުމެއްނެތި މޫސުން ލަފާކުރުމާއި، ރާއްޖޭގައި ގާއިމުކުރެވިފައިހުރި އެއް ސްޓޭޝަނާއި އަނެއް ސްޓޭޝަނާއި ދޭތެރޭގައި ހުރި ދުރުމިނުގެ ސަބަބުން ކުރިމަތިވާ ޑާޓާ ގެޕް ކުޑަ ކުރެވިގެންދާނެއެވެ.

މި ސްޓޭޝަންތައް ހަރުކުރުމުގައި ބަލާފައިވަނީ މޫސުމާބެހޭ އިދާރާގެ ނެޓްވޯކް އިތުރަށް ހަރުދަނާ ކުރުމަށް، އެ ފަރާތުން ބޭނުންވާ އެންމެ އެކަށޭނެ ރަށްތަކުގައެވެ. އެގޮތުން، މި މަސައްކަތުގެ ދަށުން މި ވެދަރ ސްޓޭޝަންތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ރ. އަލިފުށި، ރ. ދުވާފަރު، ފ. ބިލެއްދޫ، ށ. ކޮމަންޑޫ، އދ، މަހިބަދޫ އަދި ސ. ހުޅުމީދޫ ގައެވެ.

މި މަސައްކަތުގެ އިތުރުން ޖީސީއެފް މަޝްރޫއުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އާއި ގުޅިގެން މޫސުން އެޕްލިކޭޝަން އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި އެޕްލިކޭޝަން ފުރިހަމަވުމުން އެންޓެނާތަކުން ލިބޭ މޫސުމީ މައުލޫމާތު ހަރުދަނާ ކުރެވި، ސީދާކަމާއިއެކު އެސްއެމްއެސްއެއްގެ ޒަރިއްޔާއިން އެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދެވިގެންދާނެއެވެ.

މި މަސައްކަތްތައް ފުރިހަމަވުމުން، ރާއްޖޭގެ މޫސުމާއި އަދި ވާރޭވެހޭނެ މިންވަރު ހަރުދަނާ ގޮތެއްގައި އަންދާޒާކޮށް ބޯފެން ނަގައި ރައްކާކުރުން އިތުރަށް ފަސޭހަވެގެން ދާނެއެވެ.

މީގެއިތުރުން މި މަޝްރޫޢުއަކީ 9 މެއި 2017 އިން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތައް ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިމެނޭގޮތައް ކުރިއަށްދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފެނާ ނަރުދަމާގެ ޚިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެގޮތުން، ފެނުގެ ފަށަލަ ދިރާސާކޮށް މޮނިޓަރ ކުރުމާއި، ހޫނުމޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރުކޮށްދޭނެ ޕްލޭން އެކުލަވާލުމާއި، ސެކްޓަރއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލްއެއް އެކުލާވާލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އީރާނުގެ ވަގުތީ ރައީސްގެ މަގާމަށް މުހައްމަދު މޮޚްބާރް އައްޔަން ކުރައްވައިފި
ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު އޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ބޮޑުވަޒީރު ކާމިޔާބު ކުރައްވައިފި
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކޮށްފި
ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާޒްގެ އުމްރާވެރިން ކާމިޔާބުކަމާއެކު އުމްރާ ދަތުރު ނިންމާލައިފި
އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި
ބައްސާމަށް ކުށް ސާބިތުނުވަނީސް އޭނާ ކުށްވެރިއަކަށް ހަދައި ވާހަކަނުދެއްކުމަށް ކޯޓުން އަންގައިފި