ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 23:29
ޓެސްޓް ހެދުމަށް ކުޑަކުއްޖެއްގެ އަތުން ލޭ ނަގަނީ
ޓެސްޓް ހެދުމަށް ކުޑަކުއްޖެއްގެ އަތުން ލޭ ނަގަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ސިރޯ ޕްރިވިލެންސް ސާވޭ
މާލެ ސަރަހައްދުން ކޮވިޑަށް ހުށަހެޅުނީ 38000 މީހުން
 
ދިވެހިންގެ ތެރެއިން ކޮންމެ 11 މީހެއްގެ ތެރެއިން 1 ވަނީ ކޮވިޑަށް ހުށަހެޅިފައި
 
މީގެ ތެރެއިން 86.6 އިންސައްތަ ސާމްޕަލްގެ ތެރެއިން ކޮވިޑަށް ހުށަހެޅިފައިވާ ކަމަށް ދައްކާފައެއް ނުވޭ
 
މާލޭގެ އާބާދީއަކީ 200،8000 ކަމުގައިވާ ނަމަ ގާތްގަނޑަކަށް ކޮވިޑަށް ހުށަހެޅިފައިވަނީ 38،000 މީހުން

މާލެ ސަރަހައްދުގައި ކޮވިޑަށް ހުށަހެޅުނީ 38000 މީހުން ކަމަށް ސީރޯ ޕްރިވިލެންސް ސްޓަޑީން ދައްކައިފިއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑިރެކްޓަރ އޮފް ރިސަރޗް ޑރ. ރަހީމާ އަބްދުއް ރަހީމް ވިދާޅުވީ ސިރޯ ޕްރިވިލެންސްގެ ތެރެއިން ޓެސްޓް ކުރި މީހުންގެ ތެރެއިން 13.4 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ ހުރިކަމަށް ދައްކާކަމަށެވެ. މާނައަކީ މާލޭގެ އާބާދީއަކީ 200،800 ކަމުގައިވާ ނަމަ ކޮވިޑަށް ހުށަހެޅިފައިވަނީ ގާތްގަނޑަކަށް 38،000 މީހުންނެވެ.

މިހެން ދެންނެވިޔަސް ފާހަގަކޮށްލަންޖެހޭ ޕޮއިންޓަކީ މީގެ ތެރެއިން 86.6 އިންސައްތަ ސާމްޕަލް ކޮވިޑަށް ހުށަހެޅިފައިވާ ކަމަށް ދައްކާފައެއް ނުވޭ. މިއީ އެންޓިބޮޑީސް ނެތްކަމަށް ދައްކާ އަދަދު. މީގެ މާނައަކީ އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ. މާސްކް އެޅުމާއި، އަތްދޮވުމާއި، އަދި ގައިދުރުކަން ބެހެއްޓުން،
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑިރެކްޓަރ އޮފް ރިސަރޗް ޑރ. ރަހީމާ އަބްދުލް ރަހީމް

އޭނާ ވިދާޅުވީ ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ރާއްޖެ މީހުންނާއި ބިދޭސީންނާއި ވަކިކޮށްލާއިރު ބިދޭސީންގެ 36.4 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުރިކަމަށް ދައްކާ ކަމަށެވެ. އަދި އެންޓިބޮޑީސް ނެތްކަމަށް ދައްކާ އިންސައްތައަކީ 63.6 އެވެ. އަދި ދިވެހިންގެ ހަށިގަނޑުގައި އެންޓި ބޮޑީސް ހުރިކަމަށް ދައްކަނީ 8.5 އިންސައްތަ މީހުންގެ ކަމަށާއި، އެންޓިބޮޑީސް ނެތްކަމަށް ދައްކަނީ 91.5 އިންސައްތަ މީހުންގެ ކަމަށެވެ.

ބިދޭސީންގެ ތެރެއިން ކޮންމެ 3 މީހަކުން 1 މީހަކު ވަނީ ކޮވިޑަށް ހުށަހެޅިފައި. ދިވެހިންގެ ތެރެއިން ކޮންމެ 11 މީހެއްގެ ތެރެއިން 1 ވަނީ ކޮވިޑަށް ހުށަހެޅިފައި. ނަތީޖާ ދައްކާގޮތުން ދިވެހިން ވަރަށް ބޮޑަށް ބަލައިގެން އުޅެންޖެހޭ. ކުރިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންޓި ބޮޑީސް ހުރި އަދަދަށް ބަލާއިރު، ކުރިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 57.9 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އެބަހުރި. އެންޓި ބޮޑީސް ނެތްކަމަށް ދައްކަނީ 42.1 އިންސައްތަ މީހުން. ކުރިން ޕޮޒިޓިވްވިކަން އެނގިފައި ނުވާ މީހުންގެ ތެރެއިން 10 އިންސައްތަ މީހުން ކޮވިޑަށް ހުށަހެޅިފައިވޭ. 90 އިންސައްތަ މީހުން ހުށަހެޅިފައި ނުވޭ،
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑިރެކްޓަރ އޮފް ރިސަރޗް ޑރ. ރަހީމާ އަބްދުލް ރަހީމް

ސިރޯ ޕްރިވިލެންސް ސާވޭ ކުރިޔަށް ގެންދިޔައީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް