ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 11:50
މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއް
މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއް
އެމްއެންޑީއެފް
އެމްއެންޑީއެފްގެ އޮޕަރޭޝަންތައް
ބޭރުގެ އާގުބޯޓެއްގައި އޮތް ބަލިމީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
މި ބަލިމީހާ އާދިއްތަ ހެނދުނު 08:30 ހާއިރު ވަނީ ލ.ގަމަށް ގެންގޮސްދީފަ
މި މީހާއަށް މިހާރު ފަރުވާ ދެމުންދަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގަ
އެއީ އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއް

ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރުގެ އާގުބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ. ގަމަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި "މޭސޯރާ" ނަމަކަށް ކިޔާ މި ކާގޯ ބޯޓްގައި ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 17:30 ހާއިރުއެވެ.

މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމަބޭހެ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓް އާދިއްތަ ދުވަހު ލ. ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކޮށްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ އާދިއްތަ ހެނދުނު 08:30 ހާއިރު ވަނީ ލ.ގަމަށް ގެންގޮސްދީފައެވެ.

މި މީހާއަށް މިހާރު ފަރުވާ ދެމުންދަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

- ކޮމެންޓް