ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 09:32
ދިވެހިރާއްޖޭގެ ހައިކޯޓް - ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތައްވެސް މަހުންމަހަށް އިތުރުވެފައިވޭ
ދިވެހިރާއްޖޭގެ ހައިކޯޓް - ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތައްވެސް މަހުންމަހަށް އިތުރުވެފައިވޭ
ރާއްޖެއެމްވީ
ހައިކޯޓުގެ މަސައްކަތްތައް
ހައިކޯޓުން ނުނިމި ހުރި މައްސަލަތަކުގެ އަދަދު ބޮޑުތަނުން ދަށަށް
2020 ވަނަ އަހަރު ފެށުނު އިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 884
މި އަހަރު އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު މަހު
އޯގަސްޓް މަހުން ފެށިގެން ކޯޓުން ބެލި މައްސަލަތައް އައީ އިތުރުވަމުން

ހައިކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ބޮޑުތަނުން ދަށްވެއްޖެއެވެ.

ހައިކޯޓުގެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ފެށުނުއިރު ނުނިމިހުރި މައްސަލަތަކުގެ އަދަދަކީ 884 އެވެ. އަދި ނުނިމިހުރި މައްސަލަތަކުގެ އިތުރަށް މި އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް 296 މައްސަލައެއް އެ ކޯޓަށް ހުށައަޅާފައިވާއިރު، ނޮވެމްބަރު މަހުގެ ނިޔަލަށް ނުނިމިހުރި މައްސަލަތަކުގެ އަދަދު ވަނީ 792 ށް ދަށް ކުރެވިފައެވެ.

މި އަހަރު އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި 56 މައްސަލައެއް ހައިކޯޓަށް ހުށައަޅާފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުކޮށް ޝަރީއަތްތައް ނުހިންގި 5 މަސް ދުވަސް ވޭތުވެގެން ދިޔައެވެ. އެ މުއްދަތުގެ ތެރޭގައި އެކަނިވެސް 95 މައްސަލައެއް އަލަށް ހުށައެޅިފައިވެއެވެ. އަދި އެއަށްފަހު ޝަރީއަތްތައް ކުރިއަށް ގެންގޮސް، ނުނިމިހުރި މައްސަލަތަކުގެ އަދަދުވަނީ ނިސްބަތުން ދަށްކޮށްފައެވެ.

ހައިކޯޓުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތައްވެސް މަހުންމަހަށް އިތުރުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެކަމާ ގުޅޭގޮތުން ހައިކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޯގަސްޓު މަހުން ފެށިގެން ހައިކޯޓުން ނިންމަމުން އައި މައްސަލަތަކުގެ އަދަދު ވަނީ މަހުންމަހަށް އިތުރުވެފައެވެ. އެގޮތުން އޯގަސްޓު މަހު 46 މައްސަލައެއް ނިންމާފައިވާއިރު، ސެޕްޓެމްބަރު މަހު ހައިކޯޓުން ވަނީ 50 މައްސަލައެއް ނިންމާފައެވެ. އަދި އޮކްޓޯބަރު މަހު 53 މައްސަލައެއް ނިންމާފައިވާއިރު، ނޮވެމްބަރު މަހު ނިންމި މައްސަލަތަކުގެ އަދަދަކީ 59 އެކެވެ.

ހައިކޯޓުން ނިންމަމުންދާ މައްސަލަތަކުގެ އަދަދު އިތުރުވަމުންދާއިރު، ރިސެސްގެ މުއްދަތުގައިވެސް ޝަރީޢަތްތައް ކުރިއަށް ގެންދަން ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ވަނީ ދާދި ފަހުން ނިންމަވާފައެވެ. އެގޮތަށް ނިންމަވާފައިވަނީ ހައިކޯޓުގެ ނުނިމިހުރި މައްސަލަތައް މަދު ކުރުމުގެ ގޮތުންނެވެ.

- ކޮމެންޓް