ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 05:12
އެމްއެންޑީއެފުން މީގެ ކުރިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން
އެމްއެންޑީއެފުން މީގެ ކުރިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފުން ހިންގާ ތަމްރީނުތައް
އެމްއެންޑީއެފުން ބަޑީގެ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ހިންގަނީ
ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރު
ތަމްރީނުތައް ކުރިއަށްދާނީ ޑިސެމްބަރު 6 ވާ އާދިއްތަ އަދި 7 ވާ ހޯމަ ދުވަހު
މި ތަމްރީނުތަކުގައި ބޭނުން ކުރާނީ މެޝިން ގަން ފަޔަރިން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބަޑި ބޭނުން ކޮށްގެން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރުނު އިއުލާނެއްގައި ބުނީ، ތަމްރީނުތައް ކުރިއަށްދާނީ ޑިސެމްބަރު 6 ވާ އާދިއްތަ އަދި 7 ވާ ހޯމަ ދުވަހު ކަމަށެވެ. އަދި އެއަށްފަހު ޖެހިގެން އަންނަ ހަފްތާގެ އާދިއްތަ (ޑިސެމްބަރު 13) އަދި ހޯމަ (ޑިސެމްބަރު 14) ގައިވެސް މި ތަމްރީނުތައް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ، މި ތަމްރީނުތަކުގައި ބޭނުން ކުރާނީ މެޝިން ގަން ފަޔަރިން ކަމަށެވެ. އަދި ތަމްރީނުގެ ބޭނުމަށް ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމަށާއި، ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ވައިގެ ސަރަޙައްދު ބޭނުން ކުރާނެ އެންމެ ތިރިމިނަކީ ސީ ލެވެލް ކަމަށާއި، ވައިގެ ސަރަޙައްދު ބޭނުން ކުރާނެ މިސްރާބަކީ ހުޅުލޭގެ އިރުން 07 މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ތަމްރީނުތަކުގައި ހަތިޔާރު / ޕައިރޯޓެކްނިކްސް ބޭނުންކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

- ކޮމެންޓް