ކ. މާލެ
|
2 ޑިސެންބަރ 2020 | ބުދަ 17:58
ރައީސް ސޯލިހު އެންމެފަހުން މާލެއިން ބޭރަށް ވަޑައިގެންނެވި ދަތުރުފުޅުގައި، ހޯރަފުށީ ރައްޔިތުން މަރުހަބާ ދެންނެވުމުގެ ތެރެއިން
ރައީސް ސޯލިހު އެންމެފަހުން މާލެއިން ބޭރަށް ވަޑައިގެންނެވި ދަތުރުފުޅުގައި، ހޯރަފުށީ ރައްޔިތުން މަރުހަބާ ދެންނެވުމުގެ ތެރެއިން
އިބްރާހިމް ނިޔާޒް، ހޯރަފުށި
ދައުލަތުގެ ވެރިންނަށް މަރުހަބާކިޔުން
ވެރިންނަށް މަރުހަބާކިޔަން ސްކޫލް ދަރިވަރުން ނެރެން ސަރުކާރުގެ ތަރުހީބެއް ނެތް
 
ރައީސް ސޯލިހް ވަނީ މިފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް އިލްތިމާސްކުރައްވާފައި
 
މިފަދަ ހަރަކާތްތައް ބޭއްވުމަށް ރައީސް އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް އަންގާފައެއް ނުވާނެ
 
ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫން

ދައުލަތުގެ އިސްވެރިންނަށް މަރުހަބާކިޔަން ސްކޫލް ދަރިވަރުން ނެރުމަކީ ސަރުކާރުން އެއްވެސް ގޮތަކަށް ތަރުހީބުދޭ ކަމެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދް ވިދާޅުވެއްޖެއެވެ.

ހޫދު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިން މަގުމައްޗަށް ނެރެން ސަރުކާރުން އަންގާފައިވާކަމަށް ބުނެ އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ރައީސްގެ ތަރުޖަމާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ހޫދު ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

އެގޮތުން، އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުންވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގާފައި ނުވާނެކަމަށް ހޫދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވާފައިވާ ކަމަށް ހޫދް ފާހަގަކުރެއްވިއެވެ.

ހޫދު މިހެން ވިދާޅުވެފައިވާއިރު، މާލެއިން ސަރުކާރުގެ އިސްވެރިން ނުވަތަ އެ ނޫންވެސް ބަޔަކު ރަށަށް ޒިޔާރަތްކުރާނަމަ އެ ފަރާތްތަކަށް މަރުހަބާ ދަންނަވައި، މާފަތި އަޅުވައި ނެށުން ފަދަ ކަންތައްތައް ކުރުމަކީ ރަށްރަށުގައި އާންމުކަމެކެވެ.

އެގޮތުން ލ. ގަމުގެ ކަރަންޓު، އެއް ވިއުގައިން ގުޅުވާލުމާއި ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް އަދި ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާތީ އެ ރަށު ކައުންސިލުން އެ ރަށު ހަމަދު ސްކޫލްގެ ދަރިވަރުން މި ހަަރަކާތުގައި ބައިވެރިކޮށްދޭން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް