ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 21:23
7 ފެބްރުއަރީގައި ސަލާމަތީ ބާރުތަކުން ވެރިކަމާ ދެކޮޅަށް ނުކުތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔަ
7 ފެބްރުއަރީގައި ސަލާމަތީ ބާރުތަކުން ވެރިކަމާ ދެކޮޅަށް ނުކުތުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔަ
ރާއްޖެއެމްވީ
7 ފެބްރުއަރީގައި ވެރިކަން ވައްޓާލުން
ބަޢާވާތަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކިގެން ފުލުހުންގެ ގާނޫނު އިސްލާހުކޮށްގެން ނުވާނެ - ރައީސް ނަޝީދު
ކޯނީ ރިޕޯޓްގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ގޮވާލަމުން
އަނެއްކާވެސް ސަލާމަތީ ބާރުތަކުން ވެރިކަން ވައްޓާލުމަށް ނުނިކުންނާނެ ކަމަށް ވިދާޅުވަން ކެރިވަޑައިނުގަންނަވާ - ރައީސް ނަޝީދު
ފުލުސް ކޮމިޝަނަރު ވަނީ އެއްވެސް ސަރުކާރެއް ވައްޓާލަން ދެން ފުލުހުން ނުނިކުންނާނެ ކަމުގެ ޔަޤީންކަން ދެއްވާފަ

7 ފެބްރުއަރީގައި ހިނގި ބަޢާވާތަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކިގެން ފުލުހުންގެ ގާނޫނު އިސްލާހުކޮށްފިނަމަ، ޒަމާންތަކެއް ވަންދެން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަނުން އެ މައްސަލަ ތަހުޤީޤުކޮށް، ތަންފީޒުކުރަންޖެހޭ ކަންކަން ބަޔާން ކޮށްފައިވާއިރު، ކޯނީ ރިޕޯޓްގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާފައި ނުވުމުގެ ކަންބޮޑުވުން ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާއޮ ގުޅޭގޮތުން އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 7 ފެބްރުއަރީގައި ފުލުހުން ނުކުމެ ހިންގި ބަޢާވަތް އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ޤާނޫނަށް އިސްލާޙު ގެންނަން ވިސްނައިގެން ނުވާނެ ކަމަށެވެ. އަދި އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

ސަލާމަތީ ބާރުތަކުން އޭރު ޤައުމަށް ވެފައިވާ ޢައްދާރީ ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޯނީ ރިޕޯޓްގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ. އަދި އެކަންކަން ނުކުރާހާ ހިނދަކު އަނެއްކާވެސް ސަލާމަތީ ބާރުތަކުން ވެރިކަން ވައްޓާލުމަށް ނުނިކުންނާނެ ކަމަށް ވިދާޅުވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވަނީ އެއްވެސް ސަރުކާރެއް ވައްޓާލަން ދެން ފުލުހުން ނުނިކުންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެގޮތުން ސީޕީ ވިދާޅުވީ، އެއީ މާޒީ ކަމަށާއި، އެ މާޒީން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތަކާއި، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތައްވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ސީޕީ ވިދާޅުވިއެވެ.

- ކޮމެންޓް
4 ޑިސެންބަރ 2020 | ހުކުރު 00:11
ޖޔިުޔތތ
އެބުނާހެން ނޮވެމްބަރު 3 ގަ 19 ދިގެހިން ޘަހީދު ކޮށްލުމުގަ ކެރަފާ އާއިލާ ނުހިmb ެނޭ ކަމަށް ހެދޭނީ ކޮބްގޮތަކުން!
2 ޑިސެންބަރ 2020 | ބުދަ 23:18
ޢަހުރނޢ
ޥ ރަނގަޅު ވާހަކަ އެއް.. 88 ގައި ހިންގި ބަގާވަތް