ކީރިތި ރަސޫލާ صلّى اللّـه عليه وسلّمގެ އެންމެފަހުގެ ވަސިއްޔަތުގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރައްވާފައިވާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކޮށްފިއެވެ.
ހުކުރު ހުތުބާގައި ވަނީ ޖާހިލީ ޒަމާނުގައި އަންހެނުންވީ ފަދައިން މިއަދުވެސް އަންހެނުން ދަނީ ގިނަ އަނިޔާތަކަކާއި ކުރިމަތިލަމުންކަން ފާހަގަކޮށްފައެވެ. އެގޮތުން މީހަކާއި އިނުމުގެ ކުރިންނާއި މީހަކާއި އިނުމުގެ ފަހުންވެސް، އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ ހަރުދަނާ އުސޫލުތައް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވެނާއި ކުކުޅުން ގިނަކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ދެމަފިރިން އެކަކު އަނެކަކަށް ގޯނާކޮށްގެން ހިތްހަމަޖެހުން ލިބޭނެކަމާއި މެދު ހުތުބާގައި ސުވާލުއުފައްދާފައިވާ އިރު، އެކަކު އަނެކަކަށް އަޅާނުލާ، ލޯތްބާއި އޯގާތެރިކަން ލިބޭނެ ކަމާއި މެދުވެސް ހުތުބާގައި ވަނީ ސުވާލުއުފައްދަވާފައެވެ.
މީގެ އިތުރުން މުސްލިމު އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ އެއްބައި ކަމަށްވާއިރު، އަންހެނުންނަކީ މުސްލިމް ފިރިހެނުންންގެ އަނބިންނަށް، މައިންނަށް، ދަރިންނަށް އަދި ދައްތައިންނަށްވާއިރު، އަންހެނުންނަށް އަނިޔާކުރުމަކީ ކިހާވަރެއްގެ ނުބައިކަމެއްކަމް ނޭނގެނީތޯ ހުތުބާގައި ވަނީ ސުވާލުއުފައްދާފައެވެ.
އާއިލީ ގުޅުން ބަދަހިކުރެވޭނީ އެ ބައެއްގެ ތެރޭގައި އޯގަވެރިކަމާއި ކުލުނު އޮވެ، ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލެވިގެން ކަމަށާއި މިއަދު ބައިންލްއަގްވާމީ ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ގަދައަޑުން މިވާހަކަތައް ދެކޭވޭ އިރު، ގެވެށި އަނިޔާ މިއަދުގެ މުޖުތަމައުގައި އާންމުވެފައިވާ މިންވަރު ބޮޑުކަމަށް ހުތުބާގައި ވަނީ ފާހަގޮށްފައެވެ. އަދި މި ފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ފަރާތްތަކުން ނަފްސާނީ ބިރުވެރިކަން އިހްސާސްކުރަން ޖެހިފައިވާ އިރު، މިފަދަ އަނިޔާތައް މި ކުޑަކުޑަ މުޖުތަމައުގައި އިތުރުވެފައިވާ މިންވަރާމެދު ކަންބޮޑުވާންޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.