ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 15:56
އެޗްޑީސީ އޮޕެން ނެޓްވޯކް އެކްސެސް އިނީޝިއޭޓިވްގެ ދަށުން މީޑިއާނެޓާއި އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޗްޑީސީ އޮޕެން ނެޓްވޯކް އެކްސެސް އިނީޝިއޭޓިވްގެ ދަށުން މީޑިއާނެޓާއި އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޗްޑީސީގެ ސްމާރޓް ސިޓީ އިނީޝިއޭޓިވް
އެޗްޑީސީން އޯޕަން އެކްސެސް ނެޓްވޯކް އެއްބަސްވުމެއްގައި މީޑިއާނެޓާއި އެކު ސޮއިކޮށްފި
މިއީ ހުޅުމާލެ ފޭސް 2 ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެޗްޑީސީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް
އެޗްޑީސީގެ އަމާޒަކީ އިންފްރާސްޓްރަކްޗާ ގާއިމްކޮށް، ކޮމްޕެޓިޝަން މެދުވެރިކޮށް ހިދުމަތްތަކުގެ އަގު ކުޑަކުރުން
މި އިނީޝިއޭޓިވްގެ ދަށުން މީޑިއާނެޓްގެ ހިދުމަތާއި އިންޓަނެޓް ހިދުމަތުގެ އިތުރުން އިތުރު އެހެން ހިދުމަތްތައް ލިބިގެންދާނެ

އެޗްޑީސީ އޮޕެން ނެޓްވޯކް އެކްސެސް އިނީޝިއޭޓިވްގެ ދަށުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މީޑިއާނެޓާއި އެކު ސޮއިކޮށްފިއެވެ.

ބުދަ ދުވަހު އެޗްޑީސީގައި ކުރިއަށްދިޔަ ހާއްސަ ހަފްލާއެއްގައި އެޗްޑީސީ އަދި މީޑިއާނެޓުން ސޮއިކޮށްފައިވާއިރު، މިއީ ހުޅުމާލެ ފޭސް 2 ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

އެޗްޑީސީން ބުނީ ޑިވެލޮޕްމެންޓް ކުންފުންޏެއްގެ ހައިސިއްޔަތުން އެޗްޑީސީގެ އަމާޒަކީ އިންފްރާސްޓްރަކްޗާ ގާއިމްކޮށް، ވާދަވެރިކަން އިތުރުކޮށް ހިދުމަތްތަކުގެ އަގު ކުރިއަށް އޮތްތަނުގައި ކުޑަކޮށްދިނުންކަމަށެވެ.

މި އޯޕަން އެކްސެސް ނެޓްވޯކަކީ ހުޅުމާލެ ފޭސް 2 ގައި ސްމާޓް އިންފްރާސްޓްްރަކްޗަރއެއް ގާއިމްކުރުމަށް ހުރިހާ ހިދުމަތް ފޯރުކޮށްދޭ ކުންފިނިތަކާއި ގުޅިގެން ކުރިއަށް ގެންދެވޭ އެޗްޑީސީން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެކެވެ.

އެ ކުންފުނިން ބުނީ މީގެ ދަށުން ކޭބަލް ޓީވީ ހިދުމަތާއި އިންޓަނެޓް ހިދުމަތުގެ އިތުރުން އިތުރު އެހެން ހިދުމަތްތައް ލިބިގެންދާނެކަމަށެވެ. އެގޮތުން އެޗްޑީސީ އާއި މީޑިއާނެޓް ގުޅިގެން މީގެ ޓެކްނިކަލް ލެވެލްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

އެޗްޑީސީން ވަނީ މީގެ ކުރިން މި އިނީޝިއޭޓިވްގެ ދަށުން ޕީއެސްއެމްއާއި އެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

- ކޮމެންޓް