ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 10:00
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ އައިސްފައި ވަނީ ނޮވެމްބަރ މަހުގެ 15 ދުވަހު
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ އައިސްފައި ވަނީ ނޮވެމްބަރ މަހުގެ 15 ދުވަހު
ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިން ރާއްޖެއައުން
ބޯޑަރު ހުޅުވާލިފަހުން 60،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި
 
ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައިސްފައި ވަނީ 62,501 ފަތުރުވެރިން
 
ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 445,348 ފަތުރުވެރިން ރާއްޖެ އައިސްފި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 60،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެފަހުގެ މައުލޫމާތުތައް ދައްކާގޮތުން ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 445,348 ފަތުރުވެރިން އައިސްފައިވާ އިރު، ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައިސްފައި ވަނީ 62,501 ފަތުރުވެރިންނެވެ.

އެގޮތުން ބޯޑަރު ހުޅުވާލުމާއި އެކު ޖުލައި 15 ދުވަހުން އެމަހުގެ 31 ވަނަ ދުވަހަށް 1,701 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އޮގަސްޓް މަހު 7,628 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ސެޕްޓެމްބަރ މަހު 9,538 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އޮކްޓޫބަރ މަހު 21,515 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ އައިސްފައި ވަނީ ނޮވެމްބަރ މަހުގެ 15 ދުވަހުއެވެ. އެދުވަހު 2,101 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިހާތަނަށް 22,119 ފަތުރުވެރިން ވަނީ ނޮވެމްބަރ މަހު ރާއްޖެ އައިސްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރ މަހުގެ ނިޔަލަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ އިޓަލީ އިންނެވެ. އެއީ 45,378 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރަޝިއާ އިން އައިސްފައިވާ އިރު، މިހާތަނަށް 37,484 ފަތުރުވެރިން ރަޝިއާ އިން ރާއްޖެ އައިސްފައިވާ އިރު، ބޯޑަރު ހުޅުވާލިފަހުން ނޮވެމްބަރ 18 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން 12,961 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރަޝިއާއަކީ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވާ ގައުމެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ 67.9 އިންސައްތަ ހިއްސާކުރާއިރު، ރަޝިއާ އިން އައި 12،961 ފަތުރުވެރިންނަކީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ20.7 އިންސައްތައެވެ. އަދި އިންޑިއާގެ 5,449 ފަތުތުވެރިން 8.7 އިންސައްތަ ހިއްސާކުރާ އިރު، އިނގިރޭސިވިލާތުގެ 4,745 ފަތުރުވެރިން ނަކީ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 7.6 އިންސައްތައެވެ.

މީގެ އިތުރުން، އެމެރިކާ 4,396 ފަތުރުވެރިން ހަތް އިންސައްތަ ހިއްސާކުރާ އިރު، ޔޫއޭއީ އިން އައި 4,051 ފަތުރުވެރިން ހިއްސާ ކުރަނީ 6.5 އިންސައްތައެވެ.

ބޯޑަރު ހުޅުވާލިފަހުން ނޮވެމްބަރ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ފަސް އިންސައްތަ ޖަރުމަނުން ހިއްސާ ކުރާ އިރު، ޖަރުމަނުން 3,104 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ޔޫކްރެއިން އިން 2،236 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެގައުމުގެ ފަތުރުވެރިންނަކީ ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 3.6 އިންސައްތައެވެ. ފްރާންސް އިން 1,905 ފަތުރުވެރިން އަދި ސްޕެއިން އިން 1,896 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި ދެ ގައުމުން ވެސް ހިއްސާ ކުރަނީ ރާއްޖެ އައި ފަތުރުވެރިންގެ ތިން އިންސައްތައެވެ. ބްރެޒިލް އިން މިހާތަނަށް 1,721 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ 2.8 އިންސައްތައެވެ.

ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، ކުރިއަށް އޮތީ އެހެނިހެން ގައުމުތަކަށް ފިނިމޫސުމުގެ ދުވަސްވަރަށް ވުމުން މި ދުވަސްވަރާއި ދިމާކޮށް ގިނަ އެއަރަލައިން ތަކަކުން ވަނީ މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަ މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުތައް ފެށުމަށް ތާވާލްކޮށްފައެވެ. އެގޮތުން ނޮވެމްބަރު މަސް ނިމެންވާއިރަށް މަދުވެގެން 18 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
50%
0%
0%
50%
0%
ކޮމެންޓް