ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 10:33
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް
ޝުއައިބް މުހައްމަދު އިގްބާލް
އަކްރަމްގެ މައްޗަށް ކުރެވޭ ތުހުމަތު
އަކްރަމް ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގައި!
 
ތުހުމަތުތަކަށް އަކްރަމް ދެކޮޅު ހައްދަވާ
 
ކޮމިޓީގެ އިތުބާރެއްނެތި މެންބަރުކަމުގައި ދެމިހުންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަކްރަމް ވިދާޅުވި
 
އަކްރަމް ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމީ ސުލޫކީ މައްސަލައެއްގެ ސަބަބުން ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ބައެއް ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް ޖަވާބުދެއްވަމުން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީގެ ކުރީގެ ނައިބް ރައީސް އަކްރަމް މަގާމުން ވަކިކުރަން ފޮނުވަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް ކަމަށެވެ. އަދި މުވައްޒަފުންނާއި ވާހަކަ ދެއްކުމުގައި ކޮމިޝަންގެ މެންބަރުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑު ހިފަހައްޓާފައި ނުވާ ކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލުކުރެވޭ ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އަކްރަމް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަކްރަމްގެ އިސްތިއުފާގެ ސިޓީ "ރާއްޖެއެމްވީ" އަށް ލިބިފައިވާއިރު އަކްރަމް ވަނީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ އިތުބާރެއްނެތި މެންބަރުކަމުގައި ދެމިހުންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ އޭނާއާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލައަކީ ކަނޑައެޅިގެން ހަޤީގަތާއި ޚިލާފް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށާއި އެކަން ހިނގާފައިވާގޮތުގެ ތަފްސީލީ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވަކިކުރަން ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ތާއީދާއި އެކުގައި ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކޮށްފައިވަނީ މި އަހަރުގެ މާރޗް މަހުގައެވެ. އިތުރު ދައުރަކަށް އޭނާ މަޤާމަށް އައްޔަން ކޮށްފައިވަނީ މަޖިލީހުގެ 77 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް