ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 13:19
ހުޅުމާލެ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ހަފުލާގައި ފުލުހުންތަކެއް ބައިވެރިވަނީ
ހުޅުމާލެ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ހަފުލާގައި ފުލުހުންތަކެއް ބައިވެރިވަނީ
ޕޮލިސް
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުން
ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހުޅުވާލައިފި
 
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހޭނެ
 
ފޯމު ހުށަހަޅާނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް
 
ވަޒީފާއަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 31

ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، މި ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މި ހިނގާ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ވަޒީފާއަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 15:00 ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 އިން 15:00 އަށެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި، މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމަކީ ޝަރުތެއް ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި، ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި، ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް