ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 12:05
ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަން ދުވަސްތައް ކަމަށް ވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނޭ
ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަން ދުވަސްތައް ކަމަށް ވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނޭ
ސަން އޮންލައިން
އެއަރޕޯޓް މޫވްމަންޓްސް
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަސިންޖަރުންގެ އަދަދު 83000 އިން މައްޗަށް!
 
މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 އެއްހާ ފަރުވެރިން
 
ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 83،441 ފަސިންޖަރުން އައި
 
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2364 މީހުން ރާއްޖެ އައިސްފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަސިންޖަރުންގެ އަދަދު 83000 އިން މައްޗަށް އަރައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 83،441 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2364 މީހުން ރާއްޖެ އައިސްފައިވާކަން ޑރ. ނަޒްލާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސައިން ވިދާޅުވީ، ފަސިންޖަރުންގެ އަދަދު 2000 އިން މައްޗަށް އެރުމަކީ ރެކޯޑެއް ކަމަށެވެ. އަދި މި ވަގުތު ދުނިޔެ އާއި ރާއްޖޭގެ ޙާލަތަށް ބަލާއިރު، ފަސިންޖަރުންގެ އަދަދު ހާހަކަށް ވުރެ މަތިވުމުން ވެސް އެއީ އެކަށީގެންވާ ރަނގަޅު އަދަދެއްކަން އިބްރާހިމް ފާހަގަ ކުރެއްވިއެވެ.

މިހާރު ހަފުތާއަކު އެއިރޯފްލޮޓްގެ 4 ފްލައިޓް އޮޕަރޭޓް ކުރާކަން ފާހަގަ ކުރައްވައި އިބްރާހިމް އިތުރަށް ވިދާޅުވީ، މި ހިނގާ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ އަދަދު 6 އަށް އިތުރުވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އިތުރު 8 ފްލައިޓެއްގެ އޮޕަރޭޝަންސް ފެށުމަށް ތައްޔާރު ވަމުން ދާކަން ފާހަގަ ކުރައްވައި އިބްރާޙިމް ވިދާޅުވީ، ޑިސެމްބަރު މަސް ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 ފަރުވެރިން ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދާއިރު، ކުރިއަށް އޮތީ ފަތުރުވެރި ކަމުގެ ސިނާއަތުގެ ސީޒަން ދުވަސްތައް ކަމަށްވާތީ، މިހާރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެގުނަ ވެގެން ދިއުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނިމިދިއަ 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، އެއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ރެކޯޑް އަދަދެވެ. ކޮވިޑުގެ ހާލަތު ދިމާވުމުގެ ކުރިން މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް