ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 08:20
ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ބިން ހިއްކުމާއި މަގު ހެދުމަށް
ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ބިން ހިއްކުމާއި މަގު ހެދުމަށް
އެމްޓީސީސީ
ޕީއެސްއައިޕީ މަޝްރޫއުތައް
ޕީއެސްއައިޕީ މަޝްރޫއުތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި
 
ފެނާ ނަރުދަމާގެ އެކި މަޝްރޫއުތަކަށް 292.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
 
އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 108.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
 
ބިން ހިއްކުމާއި މަގު ހެދުމަށް 931.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި

ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 3,450.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ އެކިއެކި މަޝްރޫއުތަކަށް ސަރުކާރުން 3,450.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 3,562.9 މިލިއަން ރުފިޔާއެވެ.

ހަރަދުތައްކޮށްފައިވާ ދާއިރާތަކަށް ބަލާއިރު ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 934.1 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 433 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓްގެ އެކި މަޝްރޫއުތަކަށް 206.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 294.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 98.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 60.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 292.5 މިލިއަން ރުފިޔާއެވެ. ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 366.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 79.4 މިލިއަން ރުފިޔާއެވެ.

އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 42.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 108.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިސްކިތްތައް އިމާރާތްކޮށް މަރާމާތުކުރުމަށް 26.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ބިން ހިއްކުމާއި މަގު ހެދުމަށް ޕީއެސްއައިޕީ ބަޖެޓުން 931.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 20.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
50%
0%
50%
ކޮމެންޓް