ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 00:01
44 ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާރ ގައި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގަންނަވަނީ
44 ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާރ ގައި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގަންނަވަނީ
އެމްއެންޑީއެފް
އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާރ
44 ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާގައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަ ދައްކަވައިފި
 
އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރި
 
މި ސެމިނާގައި 24 ޤައުމެއްގެ އަސްކަރިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތް
 
ދިވެހި އަސްކަރިއްޔާއިން ގެންގުޅޭ އުސޫލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި

ޔުނައިޓެޑް ސްޓޭޓްސް އަރމީ އިންޑޯ ޕެސިފިކް ކޮމާންޑް އިން އިންތިޒާމުކޮށްގެން ބޭއްވި 44 ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާ އާއި 6 ވަނަ ސީނިއަރ އެންލިސްޓެޑް ލީޑަރސް ފޯރަމް (ސެލްފް) ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވާހަކަފުޅު ދައްކަވައިފިއެވެ.

މިމަހު 17 އިން 18 އަށް ވާޗުއަލްކޮށް ބޭއްވި މި ސެމިނާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ މިފަދަ ޒަމާނީ ދުވަސްވަރެއްގައި އަސްކަރިއްޔާތަކުން ހަރަކާތްތެރިވާނެ ގޮތްތަކާއި އަދި ދިވެހި އަސްކަރިއްޔާއިން ގެންގުޅޭ އުސޫލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި މި ސެމިނާގައި 24 ޤައުމެއްގެ އަސްކަރިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މި ސެމިނާގެ ޕެނަލިސްޓުންގެ ގޮތުގައި ވާހަކަފުޅުދައްކަވާފައިވަނީ އަސްކަރިއްޔާތަކުގެ ޖެނެރަލުންނާއި ދާއިރާއާ ގުޅޭ ފުންނާބު އުސް ޕްރޮފެސަރުންނެވެ.

ޔުނައިޓެޑް ސްޓޭޓްސް އަރމީ އިންޑޯ ޕެސިފިކް ކޮމާންޑް ގެ ފަރާތުން ހޯސްޓް ކުރި މި ސެމިނަރ ގެ ކޯ ހޯސްޓަކީ ފިލިޕީންސް އަރމީ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މި ސެމިނާގެ ބައިވެރިންގެ ގޮތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ކާނަލް އަޙްމަދު ޣިޔާސް އާއި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް ކާނަލް މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ގޮތުގައި ކޮމާންޑަރ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްވެސް މި ސެމިނާގައި ބައިވެރިވެލެއްވިއެވެ.

އިންޑޯ ޕެސިފިކް އަރމީ މެނޭޖްމަންޓް ސެމިނާ އަކީ އިންޑޯ ޕެސިފިކް ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަ ކުރުމާއި މި ސަރަޙައްދުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް