ރާއްޖެއިން ބޭރުގެ ނަންބަރުތަކުން އަންނަ ކާކުކަން ނޭނގޭ މެސެޖުތަކާއި ކޯލްތަކަށް ޖަވާބު ނުދިނުމަށް ދިރާގުން އެދެފިއެވެ.
ދިރާގުން ބުނީ ކަސްޓަމަރުންނަށް ގޮތް ނޭނގޭ ބޭރު ނަންބަރުތަކުން ފޯން ކޯލްތަކެއް ލިބެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަަށެވެ. އަދި ގުޅުމަށް އެދި އެ ނަންބަރުތަކުން މެސެޖް ފޮނުވަމުންދާ ކަމަށާއި އެ ކޯލްތަަކަށް ޖަވާބު ނުދިނުމަށް އަދި މެސެޖް ކުރި ނަމަވެސް ރިޕްލައި ނުކުރުމަށް ދިރާގުން ވަނީ އެދިފައެވެ.
ދިރާގުން މިހެން ބުނެފައިވާއިރު ބައެއް ފަރާތަކުން ވަނީ ސްވިޒަލޭންޑް އަދި ރަޝިޔާގެ ނަންބަރުތަކުން މިސްކޯލް އައިސްފައިވާ ކަމަށް ބުނެ، ސްކްރީން ޝޮޓްތައް ހިއްސާ ކޮށްފައެވެ.
މިކަހަލަ ސްކޭމް ކޯލްތަކާއި މެސެޖުތައް އެކި އެކި ޕްރޮމޯޝަންގެ ނަމުގައި ދޭތެރެ ދޭތެރެއިން ހިނގަމުންދެއެވެ.