ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 22:21
ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ކަރެކްޝަން ސަރވިސް
ކޮވިޑް-19-ރާއްޖެ
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް ވުރެ ދަށް
އަންގާރަ ދަވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 20 ބިދޭސީން
އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެއް
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 9818 އަށް އަރާފައި

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 48 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރެއިން 47 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ.

އަންގާރަ ދަވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 9818 އަށް އަރާފައިވާއިރު، މިވަގުތު ބައްޔައް ފަރުވާ ހޯދަމުން ދަނީ 1340 މީހުންނެވެ. އޭގެތެރެއިން 674 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްގައި ފަރުވާހޯދަމުންދަނީ 92 މީހުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 8438 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، 34 މީހަކު ވަނީ ބަލީގައި މަރުވަފައެވެ.

- ކޮމެންޓް