ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 09:23
ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހަކު ކަރަންޓީނަށް ގެންދިއުން
ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހަކު ކަރަންޓީނަށް ގެންދިއުން
ނާފިއު ރަޝީދު
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވުން
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ، މިއީ 34 ވަނަ މަރު!
ނިޔާވީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް
އެ މީހާ ނިޔާވީ މަރުވީ ރޭ ދަންވަރު 01:25 ހާއިރު
މިއީ ކޮވިޑް ޖެހިގެން މަރުވި 34 ވަނަ މީހާ

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ބުނީ އޭނާ ނިޔާވީ ރޭ ދަންވަރު 01:25 ހާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން މަރުވި 34 ވަނަ މީހާއެވެ.

ހަލުވިމިނެއްގައި ކޮވިޑްގެ ކޭސްތައް ފެތުރެމުންދާއިރު މިހާތަނަށް ރާއްޖެ އިން 9724 މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެ 8261ށް އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 686 މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ އިރު، 107 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ.

- ކޮމެންޓް