ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 08:34
ކޮވިޑް-19 އާއި ގުޅިގެން އާރުއާރުޓީން މަގުމަތިން މީހެއްގެ ސާމްޕަލް ނަގަނީ
ކޮވިޑް-19 އާއި ގުޅިގެން އާރުއާރުޓީން މަގުމަތިން މީހެއްގެ ސާމްޕަލް ނަގަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑުން ރަނގަޅުވި މީހުން
ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އިންސައްތަ 84ށްވުރެން މައްޗަށް
ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8003ށް އަރާފައި
ޕޮޒިޓިވްވި ދިވެހިންގެ އަދަދު 6000ށް ވުރެ މައްޗަށް ވަނީ އަރާފައި

ކޮވިޑް-19 ގެ ކޭސްތައް ދޮޅު މަސް ދުވަސްވަންދެން ޕީކުގައި ހުރުމަށްފަހު ބަލިން ފަސޭހަވި މީހުންގެ އިންސައްތަ މައްޗަށް ޖެހިލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފަސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި ޕޮޒިޓިވްވި ޖުމްލަ 9494 މީހުންގެ ތެރެއިން 8033 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އިންސައްތަ ވަނީ 84.6 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 1422 އެވެ. މިއީ 14.9 އިންސައްތައެވެ.

މީގެ ތެރެއިން ހޮސްޕިޓަކުގައާއި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުން އަންނަނީ 104 މީހަކަށެވެ. އެއީ ޖުމްލަ ޕޮޒިޓިވްވި މީހުންގެ 1.09 އިންސައްތައެވެ. އަދި އެކްޓިވް ކޭސްތަކުގެ 7.3 އިންސައްތައެވެ. ފާއިތުވި ދުވަސްތަކުގައި ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު ދަށްވުމާއި ގުޅިގެން ނިޔާވި މީހުންގެ ނިސްބަތްވެސް ވަނީ ދަށްވެފައެވެ. އެގޮތުން 33 މީހަކު މިހާތަނަށް ނިޔާވެފައިވާ އިރު، މިއީ ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 0.34 އިންސައްތައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19ށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 6009ށް އަރާފައެވެ. މިއީ ޕޮޒިޓިވްވި މީހުންގެ 63.29 އިންސައްތައެވެ. ދެން އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ. އެ ގައުމަށް ނިސްބަތްވާ 3649 މީހަކު ވަނީ މިވީ މުއްދަތުގެ ތެރޭގައި ޕޮޒިޓިވްވެފައެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެ ގައުމަށް ނިސްބަތްވާ 533 މީހަކު ވަނި ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނުނުތާ ހުކުރު ދުވަހަށް 196 ދުވަސްވެއްޖެއެވެ.

- ކޮމެންޓް