ކ. މާލެ
|
15 ސެޕްޓެންބަރ 2020 | އަންގާރަ 02:58
އާ ސީޕްލޭން ޓަރމިނަލްގެ އެތެރެ، އެތަނުން ލައުންޖް ހެދުމަށް ޖާގަ ދޫކުރުމަށް ވަނީ އިއުލާންކޮށްފައި
އާ ސީޕްލޭން ޓަރމިނަލްގެ އެތެރެ، އެތަނުން ލައުންޖް ހެދުމަށް ޖާގަ ދޫކުރުމަށް ވަނީ އިއުލާންކޮށްފައި
އެމްއޭސީއެލް
ސީޕްލޭން ޓަރމިނަލް
އާ ސީޕްލޭން ޓަރމިނަލުން އެގްޒެކެޓިވް ލައުންޖު ހެދުމަށް ޖާގަ ދޫކުރަނީ
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ހެދުނު 11:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ
ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު
ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގެ "އެކްސެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަށް ނިންމައި ޝައުގުވެރިވާ ފަރާތްތައް ހޯދަން ފަށައިފިއެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި، އެ ކުންފުނީގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގެ "އެކްސެކެޓިވް ލައުންޖު" ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް، ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ.

ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދެއްވަން ވާނެ ކަމަށާއި، މިގޮތަށް ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން، ޓުއޯރ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާންޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި 10،000 ޑޮލަރު ނުވަޔަ އެއަ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ.

އާ ސީޕްލޭން ޓަރމިނަލް؛ ޓަރމިނަލްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާފައި

ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށްދާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް "ސައިޓް ވިޒިޓް" މި މަހުގެ 28 ވަނަ ދުވަހުގެ ހެދުނު 11:00 ގައި ވީއައިއޭގައި އޮންނާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. ބީލަންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އޮކްޓޫބަރު 11 ވަނަ ދުވަހުގެ ހެދުނު 11:00 ގައެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އެ ޓާމިނަލް ނިންމާ މި އަހަރުގެ މެއި މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނި ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަނީ ނުނިމިއެވެ. ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާއެވެ.

- ކޮމެންޓް