ކ. މާލެ
|
13 ސެޕްޓެންބަރ 2020 | އާދީއްތަ 22:13
ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަނީ- މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1809 އެވެ.
ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަނީ- މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1809 އެވެ.
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހަފްތާއަކަށް ފަހު އަނެއްކާ ވެސް ކޮވިޑް ކޭސްތައް 100ން މައްޗަށް!
ރާއްޖެއިން އިތުރު 121 މީހަކު ޕޮޒިޓިވްވެފައިވޭ
ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 7326
މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1809

ރާއްޖެއިން ފެންނަމުންދާ ކޮވިޑް-19 ކޭސްތައް 100ން ދަށުގައި އުޅުމަށް ފަހު އަނެއްކާ ވެސް ކޮވިޑުގެ ކޭސްތައް 100ށް ވުރެ އިތުރު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ރާއްޖެއިން އިތުރު 121 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 75 ދިވެހިންވެސް ހިމެނޭ ކަމަށެވެ. އަދި 46 ބިދޭސީއަކު ވެސް ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 9173ށް އަރާފައެވެ.

މިއީ ފާއިތުވި ހަފްތާއެއްގެ ތެރޭގައި ރާއްޖެއިން ފެނުނު ކޮވިޑުގެ ކޭސްތައް 100ން މަތިން ރިޕޯޓް ކުރެވުނު ފަހަރެވެ.

އޭގެ އިތުރުން، މިހާތަނަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 7326 އެވެ. އެއާއެކު މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1809 އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ފަހުން 100ން މަތިން ކޭސްތައް ރިޕޯޓް ކުރެވިފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

- ކޮމެންޓް